މަސައްކަތް
ނަންބަރު: (IUL)365-ESD/365/2026/7
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 15:22
ސުންގަޑި: 11 ފެބުރުވަރީ 2026 13:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު "

އިޢުލާން

" ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު "

 މ.މުލީ އައު ވޮލީކޯޓުގައި ހަދާފައިވާ ސްޓޭޖު، ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ހިޔާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

ތަން

މަސައްކަތު މައުލޫމާތު

އައު ވޮލީ ކޯޓުގައި ރާނާފައިވާ ސްޓޭޖު

ސްޓޭޖުގެ ދިގުމިނަކީ 19 ފޫޓެވެ. އަދި ފުޅާމިނަކީ 10 ފޫޓެވެ.   (މަސައްކަތްކުރާނީ ވެލްޑިން ކޮށްގެންނެވެ.)

ކުރިމަތީ 2 ހޮޅި

ސްޓޭޖުގެ ކުރިމަތީ އިންނަ 2 ހޮޅި (9 ނުވަތަ 10 ފޫޓު ދިގު 3 އިންޗި ވަށް  ބޯހޮޅި)

2.1

ކުރިމައްޗަށް ޖަހާ ހޮޅީގެ މަތީކައިރިން ފެށިގެން 4 އިންޗި 2 އިންޗީގެ 2 ހޮލޯޕައިޕް އެޅުން ( މި 2 ހޮޅި ދޭތެރޭގެ ދުރުމިން ބޭރުން ބޭރަށް 2 ފޫޓު) ފައިދޮށްތަކުގެ ކޮޅު ވެލްޑިންއިން ގުޅާލާނީ މި ހޮޅިއަށެވެ.

އަދި ތިރިން އަޅާ ހޮޅިއާއި މަތީގައި އަޅާ ހޮޅި ސަޕޯޓުވާގޮތަށް ކޮންމެ ފައިދޮށަކާއި ދިމާލުން ގުޅާލަންވާނެއެވެ.

2.2

 2.1 ގައި އެބުނާ ފްރޭމް ހެދުމަށްފަހު ސިމެންތި ފިލާ ކަފާފައި މިފްރޭމުގައި ޖެހުން.

(ކައުންސިލުން ފިލާ ދިނުމުން)

ޓްރަސް

ސްޓޭޖުގެ ދެކޮޅު ފާރުގެ މަތިން އަޅާ ޓްރަސް – މަތީ ހޮޅި 21 ފޫޓު ދިގު ތިރީހޮޅި 19 ފޫޓު ދިގު ދޮޅުއިންޗި ފަލަ (ޓްރަސްގެ ފުޅާމިނަކީ – ބޭރުންބޭރަށް 8 އިންޗި)، (ޓްރަސްގެ އެތެރެއިން އަޅާ ދަގަނޑުކޮޅުތައް 16 އެމްއެމްގެ ކޮންކްރީޓު ދަގަނޑު ނުވަތަ 1 އިންޗި ހޮޅި)

ޓްރަސް ހަރުކުރާނީ ޓްރަސްގެ މަތީ ކުރިމަތީ ހޮޅިއާއި ފަހަތް ބެލުމަށްފަހު އެ އިންނަ ކަތިމިނަށް ހަމަވާގޮތަށް ފާރުގެތެރެއަށް ފައްތާއިގެންނެވެ.

ފައިދޮށް

 ޖުމްލަ 7 ފައިދޮށް – 11 ފޫޓު ދިގު (4 އިންޗި 2 އިންޗީގެ ހޮލޯޕައިޕް)

ޓިނުޖަހަން އަޅާފަތި

 ޓިނުޖަހަން ދިގަށް އަޅާ 5 ދަގަނޑު ފަތި، 21 ފޫޓު ދިގު 2 އިންޗީގެ ހޮލޯޕައިޕުން އެޅުން

އިތުރު ތަފުސީލު

 ފްރޭމު ހެދުމަށްފަހު ޓިނުޖެހުމުގެ ކުރިން (ހުރިހާ ހޮޅިއެއްގެ ކޮޅު ވެލްޑިންކޮށްގެން ބައްދަންވާނެ) އަދި ސިމެންތިން ބައްދަން އެއްވެސް ތަނެއް ހުރިނަމަ އެކަން ކުރަންވާނެއެވެ.

6.1

 * މުޅި ފުރާޅު  ސްޓޭޖު ފަހަތަށް 1 ފޫޓު ނެރުން / ކޮންމެ ކޮޅަކަށް 6 އިންޗި ބޭރަށް ނެރުން ޓިނު ޖަހާއިރު ކުރިމައްޗަށް ނެރޭނީ ކުރިމަތީ ހަދާފައިވާ ފްރޭމުގައި ޖަހާ ފިލާގެ މަތީ ކައިރި އާއި ހަމައަށެވެ. ޓިނުޖަހާނީ ލައިސާޓު މަގުފުޅާ ޓިނެވެ. ޓިނުޖެހުމުގެ ކުރިން ބަރާބަރަށް މިން ޗެކު ކުރުމަށްފަހު ފައްތަރު ނުލާ 1 ގަނޑުން ކަވަރުވާގޮތަށް ޓިނުޖެހުން.

 

* ކަރަންޓު: ސާކެޓު 10 ގެ 2 ސާކެޓު، 16 ގެ ޖުމްލަ 4 ސާކެޓާ އެކު ޑީބޯޑު،   4 ސޮކެޓު ފާރުގެ 2 ކޮޅުގައި، 3 ލައިޓު ފުރާޅު ދަށުގައި، ކޮންމެ ލައިޓެއް ވަކިން ދިއްލޭގޮތަށް.

* ކުލަޔާ ދަވާދު: މަތީގައި އަޅާ ހުރިހާ ދަގަނޑެއްގައި ރެޑް އޮކްސައިޑުލުން / އަދި ދަވާދުލުން (ކަޅު) / މުޅި ސްޓޭޖުގައި ކުލަލުން (ހުރިހާ ފާރެއްގައި ވޯލްސީލަރުލައި ކުލަލުން، ސިޑި ހިމެނޭގޮތަށް / ތަޅުމުގައި ފްލޯޕެއިންޓުލުން

މުއްދަތު

 30 (ތިރީސް) ދުވަސް

ކޯޓޭޝަން ހުށަހެޅުން

 ކޯޓޭޝަންތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 11 ފެބުރުވަރީ 2026 ވާ ބުދަ ދުވަހުގެ 13:00 ގައި މުލަކަތޮޅު މުލީ ކައުންސިލް އިދާރާގެ މީޓިން ހޯލްގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އެއްވެސް ކޯޓޭޝަންއެއް ބަލައެއް ނުގަނެވޭނެއެވެ.

 

              ކޯޓޭޝަން ހުށަހެޅުމަށް ވަޑައިގަނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމަކާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އަ.އި.ޑީ ކާޑު ކޮޕީ ގެންނަންވާނެއެވެ. ސްޓޭޖުގެ ކުރެހުން އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

03 ފެބުރުވަރީ 2026