ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެދުރުހިޔާ ގޯތިތެރޭގައިވާ 3 ގަސްއަނބު ވަރުވާއަށް ދިނުމާ ގުޅޭ

އިޢުލާން

                                              ނަމްބަރު:  (IUL)262/262/2026/12

 

އެދުރުހިޔާ ގޯތިތެރޭގައިވާ 3 ގަސްއަނބު ވަރުވާއަށް ދިނުމާ ގުޅޭ

 

      މިއިދާރާގެ ނަމްބަރ: (IUL)262/262/2026/7 (27 ޖެނުއަރީ 2026) އިޢުލާން ބާޠިލްކޮށް އަލުން "އެދުރުހިޔާ" ގޯތިތެރޭގައި ހުރި 3 (ތިން) އަނބުގަސް، 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށް އިޢުލާން ކުރަމެވެ.

       ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓްރީކުރުމުގެ ސުންގަޑި ‏10‏ ފެބްރުއަރީ‏ 2026‏ (އަންގާރަ‏) 14:00 އަށް 

  • އަންދާސީ ހިސާބު ހުށަހެޅުން: 12 ފެބްރުއަރީ 2026 (ބުރާސްފަތި) ދުވަހުގެ 10:00 އަށް.

މި މަސައްކަތް ޙަވާލުކުރެވޭނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި ގަޑިޖެހުމަށްފަހު ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު:
     އަންދާސީ ހިސާބު ހުށަހަޅަން ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 10 ފެބްރުއަރީ 2026 (އަންގާރަ) 10:00 ގެ ކުރިން [email protected]   އަށް އީމެއިލް ކުރެއްވުން އެދެމެވެ.

‏14‏ ޝަޢްބާން‏ 1447

‏02‏ ފެބްރުއަރީ‏ 2026

02 ފެބުރުވަރީ 2026
ހޯދާ