ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: (IUL)262/262/2026/12
އެދުރުހިޔާ ގޯތިތެރޭގައިވާ 3 ގަސްއަނބު ވަރުވާއަށް ދިނުމާ ގުޅޭ
މިއިދާރާގެ ނަމްބަރ: (IUL)262/262/2026/7 (27 ޖެނުއަރީ 2026) އިޢުލާން ބާޠިލްކޮށް އަލުން "އެދުރުހިޔާ" ގޯތިތެރޭގައި ހުރި 3 (ތިން) އަނބުގަސް، 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ރަޖިސްޓްރީކުރުމުގެ ސުންގަޑި 10 ފެބްރުއަރީ 2026 (އަންގާރަ) 14:00 އަށް
- ބީލަމުގައި ރަޖިސްޓްރީ ކުރަންޖެހޭ ލިންކް:https://forms.office.com/r/FWkQP5bPtC
- އަންދާސީ ހިސާބު ހުށަހެޅުން: 12 ފެބްރުއަރީ 2026 (ބުރާސްފަތި) ދުވަހުގެ 10:00 އަށް.
މި މަސައްކަތް ޙަވާލުކުރެވޭނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި ގަޑިޖެހުމަށްފަހު ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު:
އަންދާސީ ހިސާބު ހުށަހަޅަން ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 10 ފެބްރުއަރީ 2026 (އަންގާރަ) 10:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
14 ޝަޢްބާން 1447
02 ފެބްރުއަރީ 2026