މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1447 ވަނަ އަހަރު ރަމަޟާން މަހު ތަރާވީޙް ނަމާދު ކުރުމަށް ގެންނަ ބިދޭސީ ޙާފިޘް ބެލެހެއްޓުމާއިގުޅޭ
- 1447 ވަނަ އަހަރުގެ ރަމަޟާން މަހު މިރަށު މަސްޖިދުއްރަޙީމްގައި އިމާމުވެ ޙިފްޘްކޮށް ތަރާވީޙް ނަމާދުކުރުމަށް މިކައުންސިލުން ގެންނަ ބިދޭސީ ޙާފިޘުގެ ހުރުމާއި ކެއުން އަދި ދޮވެއިސްތިރިކުރުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިހިދުމަތް ފޯރުކޮށްދިނުމަށް ކޮޓޭޝަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- ކޮޓޭޝަން ހުށަހެޅުން އޮންނާނީ 2025 ފެބްރުއަރީ 8 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ.
- ހުށައަޅާ ކޮޓޭޝަންތައް ވަޒަންކުރާނޭ މިންގަނޑާއި ކޮޓޭޝަނާއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްސީލު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލުއުތުރުބުރީ މާއުނގޫދޫ ކައުންސިލުގެ އިދާރާ
ކަރަންކާމަގު، ށ.މާއުނގޫދޫ، ދިވެހިރާއްޖެ.
ފޯން: 6540056
އީމެއިލް: [email protected]
01 ފެބުރުވަރީ 2026
ހޯދާ
