މަސައްކަތް
ނަންބަރު: (IUL)282/282/2026/9
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 08 ފެބުރުވަރީ 2026 11:00
މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރު ރަމަޟާން މަހު ތަރާވީޙް ނަމާދު ކުރުމަށް ގެންނަ ބިދޭސީ ޙާފިޘް ބެލެހެއްޓުމާއިގުޅޭ

  1. 1447 ވަނަ އަހަރުގެ ރަމަޟާން މަހު މިރަށު މަސްޖިދުއްރަޙީމްގައި އިމާމުވެ ޙިފްޘްކޮށް ތަރާވީޙް ނަމާދުކުރުމަށް މިކައުންސިލުން ގެންނަ ބިދޭސީ ޙާފިޘުގެ ހުރުމާއި ކެއުން އަދި ދޮވެއިސްތިރިކުރުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2.     ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިހިދުމަތް ފޯރުކޮށްދިނުމަށް ކޮޓޭޝަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  3. ކޮޓޭޝަން ހުށަހެޅުން އޮންނާނީ 2025 ފެބްރުއަރީ 8 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ.
  4. ހުށައަޅާ ކޮޓޭޝަންތައް ވަޒަންކުރާނޭ މިންގަނޑާއި ކޮޓޭޝަނާއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްސީލު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
    1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ މާއުނގޫދޫ ކައުންސިލުގެ އިދާރާ

ކަރަންކާމަގު، ށ.މާއުނގޫދޫ، ދިވެހިރާއްޖެ.
  ފޯން:  6540056

އީމެއިލް:  [email protected]  

01 ފެބުރުވަރީ 2026