ދިވެހިރާއްޖެ
އިޢުލާން
ފެބްރުވަރީ 2026 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ޖާގަ ހުރި ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ 11 ފެބްރުވަރީ 2026ވާ ބުދަ ދުވަހުގެ 14:00 އަށް އިތުރުކުރެވިފައެވެ. ޖާގަ ހުރި ކޯސްތަކުގެ ލިސްޓް ޔުނިވަރސިޓީގެ ވެބްސައިޓް https://mnu.edu.mv/registration/ ގައި 29 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހު ޝާއިޢު ކުރެވޭނެއެވެ. އަދި މި ލިސްޓަށް ބަދަލު އަންނަވަރަކުން ޔުނިވަރސިޓީގެ ވެބްސައިޓްގައި އަދާހަމަ ކުރެވެމުން ދާނެއެވެ. މި ކޯސްތަކަށް ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv މެދުވެރިކޮށެވެ. އެޕްލިކޭޝަން ބަލައިގަތުން ފެށުމަށް ހަމަޖެހިފައިވަނީ 29 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހު 12:00 ގައެވެ. އިތުރު މަޢުލޫމާތު https://courses.mnu.edu.mv/ އިން ނުވަތަ [email protected] އަށް މެއިލް ކުރެއްވުމުން ނުވަތަ 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:
https://mnu.edu.mv/application-announcements-2026-term-1
07 ޝަޢުބާން 1447
