ތަމްރީނު
ނަންބަރު: MNU-CA-RG/2026/3
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 15:43
ސުންގަޑި: 11 ފެބުރުވަރީ 2026 14:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ ޖާގަ ހުރި ކޯސްތަކަށް ފޯމް ހުށައެޅުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

 

ފެބްރުވަރީ 2026 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ޖާގަ ހުރި ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ 11 ފެބްރުވަރީ 2026ވާ ބުދަ ދުވަހުގެ 14:00 އަށް އިތުރުކުރެވިފައެވެ. ޖާގަ ހުރި ކޯސްތަކުގެ ލިސްޓް ޔުނިވަރސިޓީގެ ވެބްސައިޓް https://mnu.edu.mv/registration/ ގައި 29 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހު ޝާއިޢު ކުރެވޭނެއެވެ. އަދި މި ލިސްޓަށް ބަދަލު އަންނަވަރަކުން ޔުނިވަރސިޓީގެ ވެބްސައިޓްގައި އަދާހަމަ ކުރެވެމުން ދާނެއެވެ. މި ކޯސްތަކަށް ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv މެދުވެރިކޮށެވެ. އެޕްލިކޭޝަން ބަލައިގަތުން ފެށުމަށް ހަމަޖެހިފައިވަނީ 29 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހު 12:00 ގައެވެ. އިތުރު މަޢުލޫމާތު https://courses.mnu.edu.mv/ އިން ނުވަތަ [email protected] އަށް މެއިލް ކުރެއްވުމުން ނުވަތަ 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

 

ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:

https://mnu.edu.mv/application-announcements-2026-term-1

 

 07 ޝަޢުބާން 1447

                                    

26 ޖަނަވަރީ 2026