ދިވެހިރާއްޖެ
ގއ ކަނޑުހުޅުދޫގައި މަގު ބައްތި ޖެހުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ 414/414/2026/5 (IUL) އިއުލާނުގައިވާ މަޢުލޫމާތު ޝީޓަށް ބަދަލު އައިސްފައިވާތީ އިއުލާނުގެ މުއްދަތު އިތުރުކޮށް އަލުން އިއުލާން ކުރީމެވެ.
ވީމާ، ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް މިތަކެތި ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 26 ޖަނަވަރީ 2026 ގެ 13:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އީމެއިލް މެދުވެރިކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ ޕްރިކިއުމަންޓް މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.
ބީލަން އިވޭލުއޭޓް ކުރުމަށް ބޭނުން ކުރާނެ މިންގަނޑު
- އަގަށް: %70 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)
- މުއްދަތު: %20
- ތަޖުރިބާ: %10 – މިބަޔަށް މާކްސް ދިނުމުގައި ބަލާނީ ވޭތުވެދިޔަ 03 އަހަރު ދުވަހުގެ ތެރޭގައި މަތީގައިވާ އަންދާސީ ހިސާބު ހުށައެޅުމަށް ދެވުނު މަޢުލޫމާތުގައިވާ މަސައްކަތް ކޮށްފައިވާނަމަ މަސައްކަތްކުރިކަން އަންގައިދޭ ރިފަރެންސް ލިޔުންތަކަށް ބަލައިގެން ކޮންމެ ލިޔުމަކަށް 4 މާކްސް. އެންމެ ގިނަވެގެން ދެވޭނީ 5 ލިޔުމަށް 20 މާކްސް.
ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް:
މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 7916100،6820020 އަށް ގުޅުއްވުން އެދެމެވެ.
