ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)414/414/2026/8
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 26 ޖަނަވަރީ 2026 13:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ ކަނޑުހުޅުދޫގައި މަގު ބައްތި ޖެހުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ގއ ކަނޑުހުޅުދޫގައި މަގު ބައްތި ޖެހުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ   414/414/2026/5 (IUL) އިއުލާނުގައިވާ މަޢުލޫމާތު ޝީޓަށް ބަދަލު އައިސްފައިވާތީ އިއުލާނުގެ މުއްދަތު އިތުރުކޮށް އަލުން އިއުލާން ކުރީމެވެ.

ވީމާ، ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް މިތަކެތި ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 26 ޖަނަވަރީ 2026 ގެ 13:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އީމެއިލް މެދުވެރިކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ ޕްރިކިއުމަންޓް މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.

ބީލަން އިވޭލުއޭޓް ކުރުމަށް ބޭނުން ކުރާނެ މިންގަނޑު

-         އަގަށް: %70 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)

-         މުއްދަތު: %20

-         ތަޖުރިބާ: %10 – މިބަޔަށް މާކްސް ދިނުމުގައި ބަލާނީ ވޭތުވެދިޔަ 03 އަހަރު ދުވަހުގެ ތެރޭގައި މަތީގައިވާ އަންދާސީ ހިސާބު ހުށައެޅުމަށް ދެވުނު މަޢުލޫމާތުގައިވާ މަސައްކަތް ކޮށްފައިވާނަމަ މަސައްކަތްކުރިކަން އަންގައިދޭ ރިފަރެންސް ލިޔުންތަކަށް ބަލައިގެން ކޮންމެ ލިޔުމަކަށް 4 މާކްސް. އެންމެ ގިނަވެގެން ދެވޭނީ 5 ލިޔުމަށް 20 މާކްސް.

 

 

 

 

ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ހޯދުމަށް:

މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް  [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 7916100،6820020 އަށް ގުޅުއްވުން އެދެމެވެ.

21 ޖަނަވަރީ 2026