މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓްޓިއުޓް ހިންގުމަށް ކުއްޔަށް ނަގާފައިވާ ހ. ފަތަނގުމާގެ 4 ވަނަ ފަންގިފިލާގެ 4 އޭ އަދި 4 ބީ، އޮފީސް އިމާރާތް މަރާމާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓްޓިއުޓް ހިންގުމަށް ކުއްޔަށް ނަގާފައިވާ ހ.ފަތަނގުމާގެ 4 ވަނަ ފަންގިފިލާގެ 4 އޭ އަދި 4 ބީ،  އޮފީސް އިމާރާތް މަރާމާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެންދެއްވުން އެދެމެވެ.

 

ތާރީޚް އަދި ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

22 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް

ވަޑައިނުގެންނެވޭ ފަރާތްތަކަށް 3322625 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެ

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ، (ވެލާނާގޭ 7 ވަނަ ފަންގެފިލާ)

އަންދާސީ ހިސާބު ހުށަހެޅުން

27 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 11:00 އަށް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް (ވެލާނާގެ 7 ވަނަ ފަންގިފިލާ)

 

މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ހުކުރު ދުވަސް ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެކެވެ. މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް އަތުވެއްޖެނަމަ، ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 ގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339231, 3322625 އަދި 3339239 ނަންބަރު ފޯނަށެވެ.

29 ރަޖަބް 1447

18 ޖަނަވަރީ 2026

18 ޖަނަވަރީ 2026
ހޯދާ