ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓްޓިއުޓް ހިންގުމަށް ކުއްޔަށް ނަގާފައިވާ ހ.ފަތަނގުމާގެ 4 ވަނަ ފަންގިފިލާގެ 4 އޭ އަދި 4 ބީ، އޮފީސް އިމާރާތް މަރާމާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެންދެއްވުން އެދެމެވެ.
|
|
ތާރީޚް އަދި ގަޑި |
ތަން |
|
މަޢުލޫމާތު ސާފުކުރުން |
22 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް 3322625 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެ |
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ، (ވެލާނާގޭ 7 ވަނަ ފަންގެފިލާ) |
|
އަންދާސީ ހިސާބު ހުށަހެޅުން |
27 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 11:00 އަށް |
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް (ވެލާނާގެ 7 ވަނަ ފަންގިފިލާ) |
މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ހުކުރު ދުވަސް ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެކެވެ. މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް އަތުވެއްޖެނަމަ، ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 ގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339231, 3322625 އަދި 3339239 ނަންބަރު ފޯނަށެވެ.
29 ރަޖަބް 1447
18 ޖަނަވަރީ 2026