މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ގެންނަ ޙާފިޡުންގެ ހުރުމާއި، ކެއުން އަދި ދޮވެ އިސްތިރި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

 

1447 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ގެންނަ ޙާފިޡުންގެ ހުރުމާއި، ކެއުން އަދި ދޮވެ އިސްތިރި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

     

 1447 ވަނަ އަހަރުގެ ރަމަޟާންމަހުގެ 3 މިސްކިތެއްގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ގެނައުމަށް ހަމަޖެހިފައިވާ ޙާފިޡުނހުރުމާއި ކެއުން ހަމަޖައްސައި ދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު (IUL)298/28/2025/68 ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

 

ވިމާ،މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްގައި މައުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރުން :

2026 ޖަނަވަރީ 18 ވާ އާދިއްތަ ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

ބިޑް ރަޖިސްޓްރީ ކުރުމަށް

ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތް ތަކުން 2026 ޖަނަވަރީ 19 ވާ ހޯމަ ދުވަހުގެ 13:00 ކުރިން https://forms.gle/trKKcMXt9gfgVWYk6 މި ފޯމް ފުރިހަމަކޮށް ފޮނުވުން އެދެމެވެ.  

އަންދާސީ ހިސާބު ހުށަހެޅުން :

2026 ޖަނަވަރީ 20 ވާ އަންގާރަ ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

ބިޑް ރަޖިސްޓްރީ ކުރުން

 

     މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 ން މެންދުރުފަހުގެ 14:00 އާ ދެމެދު މިއިދާރާގެ ނަންބަރު 6580021 ފޯނަށެވެ. 

އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. އަދި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހެޅުން އެދެމެވެ. 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

12 ޖަނަވަރީ 2026
ހޯދާ