ދިވެހިރާއްޖެ
އިޢުލާން
1447 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ގެންނަ ޙާފިޡުންގެ ހުރުމާއި، ކެއުން އަދި ދޮވެ އިސްތިރި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހުގެ 3 މިސްކިތެއްގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ގެނައުމަށް ހަމަޖެހިފައިވާ ޙާފިޡުނހުރުމާއި ކެއުން ހަމަޖައްސައި ދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު (IUL)298/28/2025/68 ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވިމާ،މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްގައި މައުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
މައުލޫމާތު ސާފުކުރުން : |
2026 ޖަނަވަރީ 18 ވާ އާދިއްތަ ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
|
ބިޑް ރަޖިސްޓްރީ ކުރުމަށް |
ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތް ތަކުން 2026 ޖަނަވަރީ 19 ވާ ހޯމަ ދުވަހުގެ 13:00 ކުރިން https://forms.gle/trKKcMXt9gfgVWYk6 މި ފޯމް ފުރިހަމަކޮށް ފޮނުވުން އެދެމެވެ. |
|
އަންދާސީ ހިސާބު ހުށަހެޅުން : |
2026 ޖަނަވަރީ 20 ވާ އަންގާރަ ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
ބިޑް ރަޖިސްޓްރީ ކުރުން
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 ން މެންދުރުފަހުގެ 14:00 އާ ދެމެދު މިއިދާރާގެ ނަންބަރު 6580021 ފޯނަށެވެ.
އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. އަދި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހެޅުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.