ދިވެހިރާއްޖެ
އާ އަހަރާ ގުޅިގެން 2026 ޖަނަވަރީ 1 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުން އެ ދުވަހު އުތީމު ގަނޑުވަރު ބަންދުވާނެއެވެ. އިސްވެ ދެންނެވި ދުވަހާއި ހުކުރު ދުވަސް ފިޔަވައި އުތީމު ގަނޑުވަރު ހުޅުވާފައި ހުންނާނީ ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށެވެ. ހުކުރު ދުވަހާއި ޚާއްސަ މުނާސަބަތުތަކާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި އުތީމު ގަނޑުވަރު ބަންދުވާނެއެވެ.
2026 ޖަނަވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރު ބަންދުވާނެއެވެ. ޤައުމީ ދާރުލްއާސާރު ހުޅުވާފައި ހުންނާނީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 10:15 ން 16:00 އަށެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި ޤައުމީ ދާރުލްއާސާރު ބަންދުވާނެއެވެ.
2026 ޖަނަވަރީ 1 ވަނަ ދުވަހު ގދ. ތިނަދޫގައި ހުންނަ ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ބަންދުވާނެއެވެ. ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ހުޅުވާފައި ހުންނާނީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 ން މެންދުރު 14:00 އަށެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ބަންދުވާނެއެވެ.
11 ރަޖަބު 1447
