ދެންނެވުން
ނަންބަރު: (IUL)222/222/2025/8
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި: 04 ޖަނަވަރީ 2026 00:00
ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
އާ އަހަރާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރާއި، ގދ. ތިނަދޫގައި ހުންނަ ހުވަދޫ ސަރަހައްދީ ދާރުލްއާސާރާއި، އުތީމު ގަނޑުވަރު އާންމުންނަށް ހުޅުވާފައި ހުންނާނެ ގަޑިތައް

އާ އަހަރާ ގުޅިގެން 2026 ޖަނަވަރީ 1 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުން އެ ދުވަހު އުތީމު ގަނޑުވަރު ބަންދުވާނެއެވެ. އިސްވެ ދެންނެވި ދުވަހާއި ހުކުރު ދުވަސް ފިޔަވައި އުތީމު ގަނޑުވަރު ހުޅުވާފައި ހުންނާނީ ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށެވެ. ހުކުރު ދުވަހާއި ޚާއްސަ މުނާސަބަތުތަކާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި އުތީމު ގަނޑުވަރު ބަންދުވާނެއެވެ.

2026 ޖަނަވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރު ބަންދުވާނެއެވެ. ޤައުމީ ދާރުލްއާސާރު ހުޅުވާފައި ހުންނާނީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 10:15 ން 16:00 އަށެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި ޤައުމީ ދާރުލްއާސާރު ބަންދުވާނެއެވެ.

2026 ޖަނަވަރީ 1 ވަނަ ދުވަހު ގދ. ތިނަދޫގައި ހުންނަ ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ބަންދުވާނެއެވެ. ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ހުޅުވާފައި ހުންނާނީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 ން މެންދުރު 14:00 އަށެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ބަންދުވާނެއެވެ.

11 ރަޖަބު 1447

31 ޑިސެންބަރު 2025