ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިސްރަށްވެހިންނަށް ޚާއްޞަ ޢުސޫލުން ދޫކުރާ ލައިސަންސަށް އެދި ފޯމް ހުށައެޅުމަށް ހުޅުވާލުން.
ޤަވާއިދު ނަންބަރ 2021/R-102 (އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޤަވާއިދު) ގެ ދަށުން އިސްރަށްވެހިންނަށް ޚާއްސަ އުސޫލުން ދޫކުރާ ލައިސަންސަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ލައިސަންސަށް ހުށަހެޅުމުގެ ޝަރުތުތަކަކީ:
- އުމުރުން 60 އަހަރުވުން.
- ޤަވާއިދު ނަންބަރ 2021/R-102 (އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޤަވާއިދު) ގެ 7 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ތަމްރީން ޕްރޮގުރާމް ފުރިހަމަކޮށްފައިވުން.
މިދެންނެވި ލައިސަންސާއި ގުޅިގެން ފުރިހަމަކުރަންޖެހޭ ތަމްރީން ޕްރޮގުރާމް މި ކައުންސިލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފޯމް ހުށައަޅާ މީހުންގެ އަދަދަށް ބަލައި މި ކައުންސިލުން ކަނޑައަޅާ ދުވަހެއްގައެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
30 ޑިސެންބަރު 2025
ހޯދާ
