ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257-ESM/257/2025/134
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 08:09
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިސްރަށްވެހިންނަށް ޚާއްޞަ ޢުސޫލުން ދޫކުރާ ލައިސަންސަށް އެދި ފޯމް ހުށައެޅުމަށް ހުޅުވާލުން.

ޤަވާއިދު ނަންބަރ 2021/R-102 (އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޤަވާއިދު) ގެ ދަށުން އިސްރަށްވެހިންނަށް ޚާއްސަ އުސޫލުން ދޫކުރާ ލައިސަންސަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ލައިސަންސަށް ހުށަހެޅުމުގެ ޝަރުތުތަކަކީ:

  • އުމުރުން 60 އަހަރުވުން.
  • ޤަވާއިދު ނަންބަރ 2021/R-102 (އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޤަވާއިދު) ގެ 7 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ތަމްރީން ޕްރޮގުރާމް ފުރިހަމަކޮށްފައިވުން.

                މިދެންނެވި ލައިސަންސާއި ގުޅިގެން ފުރިހަމަކުރަންޖެހޭ ތަމްރީން ޕްރޮގުރާމް މި ކައުންސިލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފޯމް ހުށައަޅާ މީހުންގެ އަދަދަށް ބަލައި މި ކައުންސިލުން ކަނޑައަޅާ ދުވަހެއްގައެވެ.

 

        ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.                          

30 ޑިސެންބަރު 2025