ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޘުކޮށް ތަރާވީޙް ނަމާދުކޮށްދޭނެ ފަރާތެއް ހޯދުން

    1447 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށުގެ "މަސްޖިދު މޫސާ ޢަލީ"ގައި އިމާމްވެ ޙިފްޘުކޮށް ތަރާވީޙު ނަމާދުކުރާނެ ޙާފިޡަކު (01 ޙާފިޡު) ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތް ކުރުމަށް  ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު (ޕްރޮޕޯސަލް/ކޯޓޭޝަން) ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

    މި މަސައްކަތަށް އަންދާސީ ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު(ޤާނޫނު  ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަގިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

    މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026  ޖެނުވަރީ 05 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން އަންދާސީ ހިސާބު (ޕްރޮޕޯސަލް/ކޯޓޭޝަން) އީމެއިލް މެދުވެރިކޮށް ހުށައަޅަންވާނީ [email protected]  އަށެވެ. ޕްރޮޕޯސަލްގައި އިޢުލާން ނަންބަރު ބަޔާންކުރަންވާނެއެވެ.

    ޙާފިޘުން ގެންނަފަރާތުން ތިރީގައި ދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ. އަދި ހުށައަޅާ ޕްރޮޕޯސަލް ނުވަތަ ކޯޓޭޝަނުގައި ތިރީގައި ދަންނަވާފައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

  1. ޙާފިޘު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން.
  2. ދެކޮޅު ޓިކެޓް ޚަރަދު (ރާއްޖެ ގެނައުމާއި، އެނބުރި ޤައުމަށް ދިއުމުގެ ޚަރަދު)
  3. ޙާފިޘު ރަށާއި ހަމައަށް ގެނެސްދީ ގެންގޮސްދިނުމުގެ ޚަރަދު (ރަށަށް ގެނައުމާއި އެނބުރި މާލެ ދިއުމުގެ ޚަރަދު)
  4. މާލޭގައި ހުރުމާއި، ކެއުމުގެ ޚަރަދު.
  5. ވިސާ ދެއްކުމާއި، އިންޝުއަރެންސް ދެއްކުމުގެ ޚަރަދު އަދި ދައުލަތުގެ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރިކަމުގެ ލިޔުން.
  6. ޙާފިޘު މުސާރަ / އެލަވެންސް
  7. ޙާފިޘު ރާއްޖޭގައި ހުންނަ ވަގުތު ބޭނުންކުރާނެ މޯބައިލް ސިމެއް ހޯދައިދޭނީ ޙާފިޘު ގެނެސްދޭ ފަރާތުން.
  8. ހުށައަޅާ ފަރާތުގެ ނަން، ގުޅޭނެ ފޯނު ނަންބަރު، އައި.ޑީ ކާޑު ކޮޕީ (ކުންފުންޏެއްނަމަ ރަޖިސްޓަރީ ކޮޕީ)، ތަޖުރިބާގެ ލިޔުމެއް އޮތްނަމަ އެފަދަ ލިޔުމުގެ ކޮޕީ.
  9. އެހެނިހެން (ޙާފިޘްއަށް ކޮށްދިނުމަށް ބޭނުންވާ އެހެނިހެން ކަންކަން ޕްރޮޕޯސަލް ނުވަތަ ކޯޓެޝަންގައި ހިމެނުން އެދެން)

    މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 2026 ޖެނުވަރީ 04 ވާ އާދިއްތަ ދުވަހުގެ ކުރިން [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަސްމީ ބަންދުނޫން ދުވަސްދުވަހު ހެނދުނު 8:30އިން 13:30އަށް މި އިދާރާގެ ނަންބަރު 6500036 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

    މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޑިސެންބަރު 2025
ހޯދާ