ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށުގެ "މަސްޖިދު މޫސާ ޢަލީ"ގައި އިމާމްވެ ޙިފްޘުކޮށް ތަރާވީޙު ނަމާދުކުރާނެ ޙާފިޡަކު (01 ޙާފިޡު) ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު (ޕްރޮޕޯސަލް/ކޯޓޭޝަން) ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތަށް އަންދާސީ ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު(ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަގިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ޖެނުވަރީ 05 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން އަންދާސީ ހިސާބު (ޕްރޮޕޯސަލް/ކޯޓޭޝަން) އީމެއިލް މެދުވެރިކޮށް ހުށައަޅަންވާނީ [email protected] އަށެވެ. ޕްރޮޕޯސަލްގައި އިޢުލާން ނަންބަރު ބަޔާންކުރަންވާނެއެވެ.
ޙާފިޘުން ގެންނަފަރާތުން ތިރީގައި ދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ. އަދި ހުށައަޅާ ޕްރޮޕޯސަލް ނުވަތަ ކޯޓޭޝަނުގައި ތިރީގައި ދަންނަވާފައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
- ޙާފިޘު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން.
- ދެކޮޅު ޓިކެޓް ޚަރަދު (ރާއްޖެ ގެނައުމާއި، އެނބުރި ޤައުމަށް ދިއުމުގެ ޚަރަދު)
- ޙާފިޘު ރަށާއި ހަމައަށް ގެނެސްދީ ގެންގޮސްދިނުމުގެ ޚަރަދު (ރަށަށް ގެނައުމާއި އެނބުރި މާލެ ދިއުމުގެ ޚަރަދު)
- މާލޭގައި ހުރުމާއި، ކެއުމުގެ ޚަރަދު.
- ވިސާ ދެއްކުމާއި، އިންޝުއަރެންސް ދެއްކުމުގެ ޚަރަދު އަދި ދައުލަތުގެ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރިކަމުގެ ލިޔުން.
- ޙާފިޘު މުސާރަ / އެލަވެންސް
- ޙާފިޘު ރާއްޖޭގައި ހުންނަ ވަގުތު ބޭނުންކުރާނެ މޯބައިލް ސިމެއް ހޯދައިދޭނީ ޙާފިޘު ގެނެސްދޭ ފަރާތުން.
- ހުށައަޅާ ފަރާތުގެ ނަން، ގުޅޭނެ ފޯނު ނަންބަރު، އައި.ޑީ ކާޑު ކޮޕީ (ކުންފުންޏެއްނަމަ ރަޖިސްޓަރީ ކޮޕީ)، ތަޖުރިބާގެ ލިޔުމެއް އޮތްނަމަ އެފަދަ ލިޔުމުގެ ކޮޕީ.
- އެހެނިހެން (ޙާފިޘްއަށް ކޮށްދިނުމަށް ބޭނުންވާ އެހެނިހެން ކަންކަން ޕްރޮޕޯސަލް ނުވަތަ ކޯޓެޝަންގައި ހިމެނުން އެދެން)
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 2026 ޖެނުވަރީ 04 ވާ އާދިއްތަ ދުވަހުގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަސްމީ ބަންދުނޫން ދުވަސްދުވަހު ހެނދުނު 8:30އިން 13:30އަށް މި އިދާރާގެ ނަންބަރު 6500036 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.