ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނައަހަރުގެ ރަމަޟާންމަހު ގައްދޫގެ މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމްވެ ތަރާވީޙް ނަމާދު ކޮށްދޭނެ ހާފިޡުން ހޯދުމާއިގުޅޭ

1447 ވަނައަހަރުގެ ރަމަޟާންމަހު ގައްދޫގެ މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމްވެ ތަރާވީޙް ނަމާދު ކޮށްދޭނެ ހާފިޡުން ހޯދުމާއިގުޅޭ 

     1447 ވަނައަހަރުގެ ރަމަޟާންމަހު މިރަށު 3 މިސްކިތުގައި ޙިފްޡުކޮށް އިމާމްވެ ތަރާވީޙް ނަމާދުކޮށްދޭނެ 3 ޙާފިޡުން " ރާއްޖެއިން ބޭރުން ނުވަތަ ރާއްޖެއިން " ގެނެސް ގެންދިޔުމާއި، ހާފިޡުން ގައްދޫގައި ތިއްބަވާ ދުވަސްތަކުގެ އެކޮމަޑޭޝަނާއި ފުޑް، އަދި ދޮވެ އިސްތިރިކުރުމުގެ ކަންތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 2019/14) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

       ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 11 ޖަނަވަރީ 2025 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިކަން ކޮށްދެވޭނެ އަގަކާއި އެކު ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 6840003 އަދި 9111005 ،9120126  ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ [email protected],  ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

28 ޑިސެންބަރު 2025
ހޯދާ