ދިވެހިރާއްޖެ
1447 ވަނައަހަރުގެ ރަމަޟާންމަހު ގައްދޫގެ މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމްވެ ތަރާވީޙް ނަމާދު ކޮށްދޭނެ ހާފިޡުން ހޯދުމާއިގުޅޭ
1447 ވަނައަހަރުގެ ރަމަޟާންމަހު މިރަށު 3 މިސްކިތުގައި ޙިފްޡުކޮށް އިމާމްވެ ތަރާވީޙް ނަމާދުކޮށްދޭނެ 3 ޙާފިޡުން " ރާއްޖެއިން ބޭރުން ނުވަތަ ރާއްޖެއިން " ގެނެސް ގެންދިޔުމާއި، ހާފިޡުން ގައްދޫގައި ތިއްބަވާ ދުވަސްތަކުގެ އެކޮމަޑޭޝަނާއި ފުޑް، އަދި ދޮވެ އިސްތިރިކުރުމުގެ ކަންތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 2019/14) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 11 ޖަނަވަރީ 2025 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިކަން ކޮށްދެވޭނެ އަގަކާއި އެކު ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 6840003 އަދި 9111005 ،9120126 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ [email protected], ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.