އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ:

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ :

 

        

މިރަށު އިޖުތިމާޢީ ސަރަޙައްދުތަކުގައިޖަހާ ލައިޓްތަކަށް ކަރަންޓް ދިނުމަށްޓަކާ، ބޭނުންވާ ކޭބަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން.

މިރަށު އިޖުތިމާޢީ ސަރަޙައްދުތަކުގައިޖަހާ ލައިޓްތަކަށް ކަރަންޓް  ދިނުމަށްޓަކާ،ބޭނުންވާ 1700 މީޓަރ ޑަބަލްއިންސްލޭޝަން 2 ކޯ 6 އެމް.އެމްގެ އިލެކްޓްރިކް ކޭބަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ބިޑް ރަޖިސްޓްރީ ކުރުން:

މިބީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އއ.މާޅޮސް ކައުންސިލްގައި ބިޑް ރަޖިސްޓަރ ކުރަންވާނެއެވެ. ބިޑް ރަޖިސްޓަރ ކުރާނީ އެކަމަށް ހާއްސަ  ކުރެވިފައިވާ ފޯމުންނެވެ.  ރަޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާން ކުރެވޭ  ދުވަހުން ފެށިގެން  4 ޖަނަވަރީ 2026 (އާދީއްތަ) އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އާއި ދެމެދުގައެވެ. އަދި އއ.މާޅޮހު ކައުންސިލުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ރަޖިސްޓްރީކުރާ ފަރާތްތަކަށް ބީލަމާބެހޭ އެންމެހާ މަޢުލޫމާތު ފޯރޮކޮށްދެވޭނެއެވެ.

މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނުނަމްބަރ:18/2014)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

  • ހުށައަޅާ އެންމެ ދަށް އަގަށް 100 މާކްސް.

ބިޑްހުށަހެޅުން:

މި މަސައްކަތުގެ ބިޑް ހުށަހެޅުން އޮންނާނީ 07 ޖެނުއަރީ 2026 (ބުދަ) ދުވަހުގެ 10:30 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގެ ޖަލްސާކުރާ މާލަމުގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ނޯޓް: މެއިލްމެދުވެރިކޮށް ހުށަހަޅާ ބިޑްތަށް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން:

މި މިކަމާބެހޭގޮތުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 31 ޑިސެމްބަރ 2025 (ބުދަ) ދުވަހުގެ 12:00 ގެކުރިން މިއިދާރާގެ ނަމްބަރ 6660059 ފޯނާއި ގުޅުއްވައިގެން ނުވަތަ[email protected]  އަށް މެއިލްކުރެއްވުން އެދެމެވެ.

24 ޑިސެންބަރު 2025
ހޯދާ