ދިވެހިރާއްޖެ
އިޢުލާން
|
އަންދާސީ ހިސާބު ބޭނުންވެއްޖެ :
|
މިރަށު އިޖުތިމާޢީ ސަރަޙައްދުތަކުގައިޖަހާ ލައިޓްތަކަށް ކަރަންޓް ދިނުމަށްޓަކާ، ބޭނުންވާ ކޭބަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން.
މިރަށު އިޖުތިމާޢީ ސަރަޙައްދުތަކުގައިޖަހާ ލައިޓްތަކަށް ކަރަންޓް ދިނުމަށްޓަކާ،ބޭނުންވާ 1700 މީޓަރ ޑަބަލްއިންސްލޭޝަން 2 ކޯ 6 އެމް.އެމްގެ އިލެކްޓްރިކް ކޭބަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ބިޑް ރަޖިސްޓްރީ ކުރުން:
މިބީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އއ.މާޅޮސް ކައުންސިލްގައި ބިޑް ރަޖިސްޓަރ ކުރަންވާނެއެވެ. ބިޑް ރަޖިސްޓަރ ކުރާނީ އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމުންނެވެ. ރަޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން 4 ޖަނަވަރީ 2026 (އާދީއްތަ) އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އާއި ދެމެދުގައެވެ. އަދި އއ.މާޅޮހު ކައުންސިލުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ރަޖިސްޓްރީކުރާ ފަރާތްތަކަށް ބީލަމާބެހޭ އެންމެހާ މަޢުލޫމާތު ފޯރޮކޮށްދެވޭނެއެވެ.
މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނުނަމްބަރ:18/2014)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:
- ހުށައަޅާ އެންމެ ދަށް އަގަށް 100 މާކްސް.
ބިޑްހުށަހެޅުން:
މި މަސައްކަތުގެ ބިޑް ހުށަހެޅުން އޮންނާނީ 07 ޖެނުއަރީ 2026 (ބުދަ) ދުވަހުގެ 10:30 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގެ ޖަލްސާކުރާ މާލަމުގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ނޯޓް: މެއިލްމެދުވެރިކޮށް ހުށަހަޅާ ބިޑްތަށް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން:
މި މިކަމާބެހޭގޮތުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 31 ޑިސެމްބަރ 2025 (ބުދަ) ދުވަހުގެ 12:00 ގެކުރިން މިއިދާރާގެ ނަމްބަރ 6660059 ފޯނާއި ގުޅުއްވައިގެން ނުވަތަ[email protected] އަށް މެއިލްކުރެއްވުން އެދެމެވެ.