ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނއިަރ އެޑްމިނސިްޓްރޭޓިވް އޮފިސަރ / ގަން ކެމްޕަސް

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ގަން ކެމްޕަސް

ޑިޕާޓްމަންޓް:

އެޑްމިން

ގްރޭޑް:

7

ސްޕައިން:

31

އަސާސީ މުސާރަ:

މަހަކު 8,850.77 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު  3,793.19 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

05 މަހާއި 06 މަހާއި ދެމެދުގެ މުއްދަތެއް

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތުތައް:

  • މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަރޓިފިކެޓެއް ލިބިފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ދަރވަރުންނަށް ބޭނުންވާ އިދާރީ ކަންކަމުގައި މަގުދައްކައިދީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ދަރިވަރުންގެ ރެޖިސްޓްރޭޝަން އާ ގުޅުންހުރި އިދާރީ މަސައްކަތްތައް ސްޓޫޑެންޓް އެޑްމިނިސްޓްރޭޝަން އާ ގުޅިގެން ކުރުން. މިގޮތުން އެޑްމިޝަން، ޕްރޮގްރެޝަން އަދި ގްރެޖުއޭޝަން އާއިހަމައަށް ދަރިވަރުންގެންދިއުމުގައި ކުރަންޖެހޭ އެންމެހާކަންކަން ކުރުން.
  • ޕަވަރ ކެމްޕަސް އާއި ސެލްފް ސާރވިސް އިން ދަރިވަރުންނަށާއި މުވައްޒަފުންނަށް ދޭންޖެހޭ ޚިދުމަތް ދިނުމުގައި ބައިވެރިވެ އެހީތެރިވުން.
  • ދަރިވަރުންނާ ގުޅުންހުރި ފޯމްތައް ފަސޭހައިން ދަރިވަރުންނަށް ލިބޭނެގޮތް ހަމަޖައްސައި، ފޯމުތައް ޕްރޮސެސް ކުރުމުގެ އެންމެހާ ކަންކަން ކުރުން.
  • ކެމްޕަހުގައި ހިންގާ ކޯސްތަކުގެ މާސްޓަރ ޓައިމްޓޭބަލް ކެމްޕަސް މެނޭޖަރގެ ލަފާގެ މަތިން އެކުލަވާލައި އާއްމުކުރުން
  • ކްލާސްރޫމްތައް ގަޑިތަކަށް ދޫކުރުމާއި ދަރިވަރުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާ އުސޫލެއްގެ މަތިން އިންތިޒާމްކޮށް ކުރިއަށްގެންދިއުން.
  • ކެމްޕަހުގައި ހިންގާ ކޯސްތަކުގެ ޕްރެކްޓިކަލް އަށް ބޭނުންވާ ތަކެތި ފެކަލްޓީ ތަކާ ގުޅިގެން ކިޔެވައިދިނުމަށް ދަތިނުވާ ގޮތައް ހޯދުން.
  • ކިޔަވައިދޭ ލެކްޗަރަރ އިންނަށް ދޭންޖެހޭ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ކްލިނިކަލްސް އަދި އިންޓާންޝިޕަށް އަންނަ ދަރިވަރުންގެ އެންމެހައި ކަންތައްތައް ހަމަޖެއްސުން.
  • ކެމްޕަހުގައި ހިންގާ ކޯސްތަކަށް ފެކަލްޓީތަކާ ގުޅިގެން ޕާޓްޓައިމް ލެކްޗަރ އިން ހަމަޖައްސައި އެގްރިމެންޓް ހެދުމުގައި ފެކަލްޓީތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަދި ޕޭމަންޓުދިނުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  • ބްލޮކް ކްލާސްތައް ރާވާ ހިންގުމުގައި ފެކަލްޓީތަކާ ގުޅިގެން އިންތިޒާމްތައް ހަމަޖެއްސުން.
  • އެގްޒާމްތަކަށް ކެމްޕަހުން ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމްތައް އެގްޒަމިނޭޝަން ޑިޕާރޓްމަންޓާއި ގުޅިގެން އެފަރާތުން އަދި ކެމްޕަސްއިން ހަމަޖައްސާ އުސޫލުތަކާ އެއްގޮތައް ކުރިއަށްގެންދިއުން.
  • ދަރިވަރުންގެ ޙިދުމަތް (ސްޓޫޑަންޓް ސަޕޯރޓް) އިން ރާވާ ކަންކަން އިންތިޒާމްކުރުމުގައި ބައިވެރިވުމާއި އެހީތެރިކަން ދިނުން.
  • ދަރިވަރުންގެ ވިންގް އަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • ކޯސް ޕްރޮމޯޝަން އިވެންޓްތައް ރާވާ ހިންގުން އަދި މީޑިއާއަށް ކެމަޕަސްގެ ކަންކަން ހާމަކުރުމުގައި ކެމްޕަސް މެނޭޖަރ އަންގަވާގޮތެއްގެ މަތިން ކަންކަން ކުރުން.
  • މުވައްޒަފަކު ސަލާމް ބުނުމުން ނުވަތަ ޗުއްޓީ ނެގުމުން ކެމްޕަސް މެނޭޖަރ އަންގަވާ ގޮތެއްގެ މަތިން އެ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2026 ޖަނަވަރީ 05 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR2025217

 

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

 

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345203 ނަންބަރު ފޯނަށެވެ.
24 ޑިސެންބަރު 2025
ހޯދާ