|
މަޤާމު:
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
|
ވަޒީފާ އަދާކުރާ އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ގަން ކެމްޕަސް
|
ޑިޕާޓްމަންޓް:
|
އެޑްމިން
|
|
ގްރޭޑް:
|
7
|
ސްޕައިން:
|
31
|
|
އަސާސީ މުސާރަ:
|
މަހަކު 8,850.77 ރުފިޔާ
|
ސާރވިސް އެލަވަންސް:
|
މަހަކު 3,793.19 ރުފިޔާ
|
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް
|
|
ކޮންޓްރެކްޓްގެ މުއްދަތު:
|
05 މަހާއި 06 މަހާއި ދެމެދުގެ މުއްދަތެއް
|
|
އިނާޔަޔްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
- ސްޓާފް ޖިމް ފެސިލިޓީ
- ލައިބްރަރީ މެމްބަޝިޕް
|
|
މަގާމުގެ ޝަރުތުތައް:
|
- މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަރޓިފިކެޓެއް ލިބިފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ދަރވަރުންނަށް ބޭނުންވާ އިދާރީ ކަންކަމުގައި މަގުދައްކައިދީ އެހީތެރިކަން ފޯރުކޮށްދިނުން.
- ދަރިވަރުންގެ ރެޖިސްޓްރޭޝަން އާ ގުޅުންހުރި އިދާރީ މަސައްކަތްތައް ސްޓޫޑެންޓް އެޑްމިނިސްޓްރޭޝަން އާ ގުޅިގެން ކުރުން. މިގޮތުން އެޑްމިޝަން، ޕްރޮގްރެޝަން އަދި ގްރެޖުއޭޝަން އާއިހަމައަށް ދަރިވަރުންގެންދިއުމުގައި ކުރަންޖެހޭ އެންމެހާކަންކަން ކުރުން.
- ޕަވަރ ކެމްޕަސް އާއި ސެލްފް ސާރވިސް އިން ދަރިވަރުންނަށާއި މުވައްޒަފުންނަށް ދޭންޖެހޭ ޚިދުމަތް ދިނުމުގައި ބައިވެރިވެ އެހީތެރިވުން.
- ދަރިވަރުންނާ ގުޅުންހުރި ފޯމްތައް ފަސޭހައިން ދަރިވަރުންނަށް ލިބޭނެގޮތް ހަމަޖައްސައި، ފޯމުތައް ޕްރޮސެސް ކުރުމުގެ އެންމެހާ ކަންކަން ކުރުން.
- ކެމްޕަހުގައި ހިންގާ ކޯސްތަކުގެ މާސްޓަރ ޓައިމްޓޭބަލް ކެމްޕަސް މެނޭޖަރގެ ލަފާގެ މަތިން އެކުލަވާލައި އާއްމުކުރުން
- ކްލާސްރޫމްތައް ގަޑިތަކަށް ދޫކުރުމާއި ދަރިވަރުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާ އުސޫލެއްގެ މަތިން އިންތިޒާމްކޮށް ކުރިއަށްގެންދިއުން.
- ކެމްޕަހުގައި ހިންގާ ކޯސްތަކުގެ ޕްރެކްޓިކަލް އަށް ބޭނުންވާ ތަކެތި ފެކަލްޓީ ތަކާ ގުޅިގެން ކިޔެވައިދިނުމަށް ދަތިނުވާ ގޮތައް ހޯދުން.
- ކިޔަވައިދޭ ލެކްޗަރަރ އިންނަށް ދޭންޖެހޭ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
- ކްލިނިކަލްސް އަދި އިންޓާންޝިޕަށް އަންނަ ދަރިވަރުންގެ އެންމެހައި ކަންތައްތައް ހަމަޖެއްސުން.
- ކެމްޕަހުގައި ހިންގާ ކޯސްތަކަށް ފެކަލްޓީތަކާ ގުޅިގެން ޕާޓްޓައިމް ލެކްޗަރ އިން ހަމަޖައްސައި އެގްރިމެންޓް ހެދުމުގައި ފެކަލްޓީތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަދި ޕޭމަންޓުދިނުމަށް ކުރަންޖެހޭ ކަންކަން ކުރުން.
- ބްލޮކް ކްލާސްތައް ރާވާ ހިންގުމުގައި ފެކަލްޓީތަކާ ގުޅިގެން އިންތިޒާމްތައް ހަމަޖެއްސުން.
- އެގްޒާމްތަކަށް ކެމްޕަހުން ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމްތައް އެގްޒަމިނޭޝަން ޑިޕާރޓްމަންޓާއި ގުޅިގެން އެފަރާތުން އަދި ކެމްޕަސްއިން ހަމަޖައްސާ އުސޫލުތަކާ އެއްގޮތައް ކުރިއަށްގެންދިއުން.
- ދަރިވަރުންގެ ޙިދުމަތް (ސްޓޫޑަންޓް ސަޕޯރޓް) އިން ރާވާ ކަންކަން އިންތިޒާމްކުރުމުގައި ބައިވެރިވުމާއި އެހީތެރިކަން ދިނުން.
- ދަރިވަރުންގެ ވިންގް އަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ކޯސް ޕްރޮމޯޝަން އިވެންޓްތައް ރާވާ ހިންގުން އަދި މީޑިއާއަށް ކެމަޕަސްގެ ކަންކަން ހާމަކުރުމުގައި ކެމްޕަސް މެނޭޖަރ އަންގަވާގޮތެއްގެ މަތިން ކަންކަން ކުރުން.
- މުވައްޒަފަކު ސަލާމް ބުނުމުން ނުވަތަ ޗުއްޓީ ނެގުމުން ކެމްޕަސް މެނޭޖަރ އަންގަވާ ގޮތެއްގެ މަތިން އެ މަސައްކަތްތައް ކުރުން.
|
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
2026 ޖަނަވަރީ 05 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNU-HR2025217
|
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345203 ނަންބަރު ފޯނަށެވެ.
|