|
މަޤާމު:
|
އާކިޓެކްޓް
|
ބޭނުންވާ އަދަދު:
|
01
|
|
ވަޒީފާ އަދާކުރާ އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް (ކޮންސަލްޓެންސީ)
|
|
ކޮންސަލްޓަންސީ ފީ:
|
22,000 އާއި 25,000 ދެމެދު
|
|
ކޮންޓްރެކްޓްގެ މުއްދަތު:
|
1 އަހަރު
|
|
އިނާޔަޔްތައް:
|
- ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވުމުން)
- ސްޓާފް ޖިމް ފެސިލިޓީ
- ލައިބްރަރީ މެމްބަޝިޕް
|
|
މަގާމުގެ ޝަރުތު:
|
- މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަރޓިފިކެޓެއް ލިބިފައިވުން.
- މަގާމުގެ މަސައްކަތުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- އާކިޓެކްޓްސް އެސޯސިއޭޝަން މޯލްޑިވްސް )އޭއޭއެމް (ގެ މެމްބަރޝިޕް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ނޯޓް: މި މަޤާމަށް ބޭނުންވާނެ އިތުރު ޝަރުތު ތަކާއި ހުނަރުތައް އަދި މި މަޤާމާއި ގުޅޭ އިތުރު މައުލޫމާތު މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާ ޓީއޯރްގައި ހިމެނިފައިވާނެއެވެ.
|
|
މަސައްކަތާ ގުޅުން ހުރި ދާއިރާގޮތުގައި ބަލާނެ ދާއިރާތައް:
|
|
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ޙަވާލުކުރެވޭ އާކިޓެކްޗަރަލް އަދި ޓެކްނިކަލް ޕްރޮޖެކްޓްތައް ޑިޒައިންކޮށް، ޑިވެލޮޕްކޮށް، އެކްސެކިއުޓް ކުރުން.
- ޕްލޭނިންގ އަދި އިމްޕްލިމެންޓޭޝަން މަރުޙަލާތަކުގައި ޕްރޮޖެކްޓްތައް މެނޭޖްކުރުން.
- ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށްދާ އަދި ނިމިފައިވާ ތަންތަނުގެ ސައިޓް އިންސްޕެކްޝަން ކުރުން.
- ރަޖިސްޓްރޭޝަން އަދި އެގްރީމަންޓް ކުރެހުންތައް ތައްޔާރުކުރުމާއި، ބިލްޑިންގ އެޕްރޫވަލް ހޯދުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
- އިންޖިނިއަރިންގ އަދި އާކިޓެކްޗަރަލް ޕްލޭންތަކާއި، ކޮންސެޕްޓްތަކާއި، މަސައްކަތްކުރާނެ ގޮތްތައް ދެނެގަނެ، ރިވިއު ކުރުން.
- ޗާޓުތަކާއި، ސައިޓް ޕްލޭންތަކާއި، ސްޕެސިފިކޭޝަންތަކާއި ގުޅުންހުރި މަޢުލޫމާތު ދިރާސާކޮށް ދެނެގަތުން.
- އިންޓާނަލް ޑިޕާޓްމަންޓްތަކާއި އެކްސްޓާނަލް ސްޓޭކްހޯލްޑަރުންނަށް ޑިޒައިން ކޮންސަލްޓެންސީ ދިނުން.
- ބޭނުންވާ ޕްރޮގްރެސް ރިޕޯޓްތަކާއި ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރުކުރުން.
- ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ގަވާއިދުތަކާއި، އުޞޫލުތައް އަދި ކޮލިޓީ ސްޓޭންޑަޑްތަކާ އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރުކުރުން.
- ލިޔެކިޔުންތައް ފުރިހަމައަށް ބެލެހެއްޓުމާއި، ކޮލިޓީ ކޮންޓްރޯލް މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުން.
- ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ނިންމުމަށް ބޭނުންވާ އެހެނިހެން މަސައްކަތްތައް ކުރުން.
|
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
2025 ޑިސެންބަރު 30 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2025-218
|
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
|