ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2025/218
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:30
ސުންގަޑި: 30 ޑިސެންބަރު 2025 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އާކިޓެކްޓް (ކޮންޓްރެކްޓް)

މަޤާމް :އާކިޓެކްޓް (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

މަޤާމު:

އާކިޓެކްޓް

ބޭނުންވާ އަދަދު:

01

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (ކޮންސަލްޓެންސީ)

ކޮންސަލްޓަންސީ ފީ:

22,000 އާއި 25,000 ދެމެދު

ކޮންޓްރެކްޓްގެ މުއްދަތު:

1 އަހަރު

އިނާޔަޔްތައް:

  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް  (ޕްރޮބޭޝަން ހަމަވުމުން)
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތު:

  1. މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަރޓިފިކެޓެއް ލިބިފައިވުން.
  2. މަގާމުގެ މަސައްކަތުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • އާކިޓެކްޓްސް އެސޯސިއޭޝަން މޯލްޑިވްސް )އޭއޭއެމް (ގެ މެމްބަރޝިޕް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ނޯޓް: މި މަޤާމަށް ބޭނުންވާނެ އިތުރު ޝަރުތު ތަކާއި ހުނަރުތައް އަދި މި މަޤާމާއި ގުޅޭ އިތުރު މައުލޫމާތު މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާ ޓީއޯރްގައި ހިމެނިފައިވާނެއެވެ.

މަސައްކަތާ ގުޅުން ހުރި ދާއިރާގޮތުގައި ބަލާނެ ދާއިރާތައް:

  • އާކިޓެކްޗަރ

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ޙަވާލުކުރެވޭ އާކިޓެކްޗަރަލް އަދި ޓެކްނިކަލް ޕްރޮޖެކްޓްތައް ޑިޒައިންކޮށް، ޑިވެލޮޕްކޮށް، އެކްސެކިއުޓް ކުރުން.
  2. ޕްލޭނިންގ އަދި އިމްޕްލިމެންޓޭޝަން މަރުޙަލާތަކުގައި ޕްރޮޖެކްޓްތައް މެނޭޖްކުރުން.
  3. ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށްދާ އަދި ނިމިފައިވާ ތަންތަނުގެ ސައިޓް އިންސްޕެކްޝަން ކުރުން.
  4. ރަޖިސްޓްރޭޝަން އަދި އެގްރީމަންޓް ކުރެހުންތައް ތައްޔާރުކުރުމާއި، ބިލްޑިންގ އެޕްރޫވަލް ހޯދުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  5. އިންޖިނިއަރިންގ އަދި އާކިޓެކްޗަރަލް ޕްލޭންތަކާއި، ކޮންސެޕްޓްތަކާއި، މަސައްކަތްކުރާނެ ގޮތްތައް ދެނެގަނެ، ރިވިއު ކުރުން.
  6. ޗާޓުތަކާއި، ސައިޓް ޕްލޭންތަކާއި، ސްޕެސިފިކޭޝަންތަކާއި ގުޅުންހުރި މަޢުލޫމާތު ދިރާސާކޮށް ދެނެގަތުން.
  7. އިންޓާނަލް ޑިޕާޓްމަންޓްތަކާއި އެކްސްޓާނަލް ސްޓޭކްހޯލްޑަރުންނަށް ޑިޒައިން ކޮންސަލްޓެންސީ ދިނުން.
  8. ބޭނުންވާ ޕްރޮގްރެސް ރިޕޯޓްތަކާއި ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރުކުރުން.
  9. ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ގަވާއިދުތަކާއި، އުޞޫލުތައް އަދި ކޮލިޓީ ސްޓޭންޑަޑްތަކާ އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރުކުރުން.
  10. ލިޔެކިޔުންތައް ފުރިހަމައަށް ބެލެހެއްޓުމާއި، ކޮލިޓީ ކޮންޓްރޯލް މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުން.
  11. ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ނިންމުމަށް ބޭނުންވާ އެހެނިހެން މަސައްކަތްތައް ކުރުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2025 ޑިސެންބަރު 30 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2025-218

 

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
23 ޑިސެންބަރު 2025