ގެމަނަފުށީ ސްކޫލް
ދިވެހިރާއްޖެ
ސުކޫލުގެ ކުލާސްރޫމްތައް އޭސީ ކުރުމުގެ ކުރިން ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

`

 

 

ގެމަނަފުށީ ސްކޫލް

ގއ.ގެމަނަފުށި                                                               

 

އިއުލާނު ނަންބަރ: GS202/IUL/2025/15

      ބީލަން ހުށަހެޅުމުގެ ދަޢުވަތު

ކޫލް ސުކޫލް މަޝްޢޫރުގެ ދަށުން ގއ.ގެމަނަފުށީ ސުކޫލުގެ ކުލާސްރޫމްތައް އޭސީ ކުރުމުގެ ކުރިން ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

1-      މި ސުކޫލުގެ ކުލާސްރޫމްތައް މަރާމާތު ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތައް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2-      މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން 2025 ޑިސެމްބަރ 18 އިން ފެށިގެން 2025 ޑިސެމްބަރ 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސުކޫލު އޮފީހަށް ވަޑައިގެން، ނުވަތަ ފޯނުން ނަންނޯޓު ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ނަންނޯޓު ނުކުރައްވާ ފަރާތަކަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުސަތު ނެތް ވާހަކަ ދަންނަވަމެވެ.

3-      މި ބީލަންއާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 ޑިސެމްބަރ 23 ވާ އަންގާރަ ދުވަހުގެ 11:00 ގައި ސުކޫލު އޮފީސްބައިގައި އެވެ. އަދި ބައްދަލުވުމަށްފަހު މަސައްކަތް ކުރާ ސައިޓުތައް ދެއްކުން އޮންނާނެވެ.

4-      މި ބީލަންއާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރ 23 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

5-      ބިޑް ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 28 ވާ އާދީއްތަ ދުވަހުގެ 13:05 ގައި ސުކޫލު އޮފީސްބައިގައި އެވެ.

6-      ބީލަން ފޮތް އިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.

7-      އިތުރުމައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެވެ.

ގެމަނަފުށީ ސުކޫލް

ފޯން: 7785351، 7983077

އީ-މެއިލް: [email protected]

 

28 ޖުމާދަލްއާޙިރި 1447

 

                                                            

18 ޑިސެންބަރު 2025
ހޯދާ