ދިވެހިރާއްޖެ
`
ގެމަނަފުށީ ސްކޫލް
ގއ.ގެމަނަފުށި
އިއުލާނު ނަންބަރ: GS202/IUL/2025/15
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކޫލް ސުކޫލް މަޝްޢޫރުގެ ދަށުން ގއ.ގެމަނަފުށީ ސުކޫލުގެ ކުލާސްރޫމްތައް އޭސީ ކުރުމުގެ ކުރިން ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން
1- މި ސުކޫލުގެ ކުލާސްރޫމްތައް މަރާމާތު ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތައް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2- މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން 2025 ޑިސެމްބަރ 18 އިން ފެށިގެން 2025 ޑިސެމްބަރ 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސުކޫލު އޮފީހަށް ވަޑައިގެން، ނުވަތަ ފޯނުން ނަންނޯޓު ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ނަންނޯޓު ނުކުރައްވާ ފަރާތަކަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުސަތު ނެތް ވާހަކަ ދަންނަވަމެވެ.
3- މި ބީލަންއާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 ޑިސެމްބަރ 23 ވާ އަންގާރަ ދުވަހުގެ 11:00 ގައި ސުކޫލު އޮފީސްބައިގައި އެވެ. އަދި ބައްދަލުވުމަށްފަހު މަސައްކަތް ކުރާ ސައިޓުތައް ދެއްކުން އޮންނާނެވެ.
4- މި ބީލަންއާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރ 23 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
5- ބިޑް ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 28 ވާ އާދީއްތަ ދުވަހުގެ 13:05 ގައި ސުކޫލު އޮފީސްބައިގައި އެވެ.
6- ބީލަން ފޮތް އިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.
7- އިތުރުމައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެވެ.
ގެމަނަފުށީ ސުކޫލް
ފޯން: 7785351، 7983077
އީ-މެއިލް: [email protected]
28 ޖުމާދަލްއާޙިރި 1447