ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ، ކުޅުދޫ އަވަށުން ދިގުމުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ދަނޑުބިންތަކާއި އިންވެގެން އަމީނީމަގަށާއި އަދި ދަނޑުބިންތަކަށް އަރާގޮތަށްހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއެވެ.
ނަންބަރުތަކުގެ ތަފްޞީލު
މިސަރަހައްދަށް އަރާ ރުއްގަހުގައި ނަންބަރު ޖަހާފައި ހުންނާނީ M-1 އިން ފެށިގެން M-45 އާ ހަމައަށް ރަތް ކުލައިގެ ދަވާދުންނެވެ. މި ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން 28 ޑިސެންބަރު 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ރުއްގަސް ނަންނޯޓުކުރާ ފޯމް މެދުވެރިކޮށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. ފޯމް ހުށަހަޅާނީ ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ އޮންލައިން ކޮށްނަމަ [email protected] އީމެއިލް އެޑުރެހަށެވެ. ރުއްގަހުގެ ނަންބަރު ނޯޓުކުރާ ފޯމް އަދި ސަރަހައްދު އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓް ކޮށްފައިވާނެއެވެ. އަދި މީގެއިތުރުން ރުއްގަސް ނޯޓްކުރާ ފޯމް މިކައުންސިލްގެ ވެބްސައިޓުން އަދި ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
