ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2025/135
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 28 ޖަނަވަރީ 2026 14:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

ނ. ކެނދިކުޅުދޫ، ކުޅުދޫ އަވަށުން ދިގުމުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ދަނޑުބިންތަކާއި އިންވެގެން އަމީނީމަގަށާއި އަދި ދަނޑުބިންތަކަށް އަރާގޮތަށްހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއެވެ.

ނަންބަރުތަކުގެ ތަފްޞީލު

މިސަރަހައްދަށް އަރާ ރުއްގަހުގައި ނަންބަރު ޖަހާފައި ހުންނާނީ M-1 އިން ފެށިގެން M-45 އާ ހަމައަށް ރަތް ކުލައިގެ ދަވާދުންނެވެ. މި ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން 28 ޑިސެންބަރު 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ރުއްގަސް ނަންނޯޓުކުރާ ފޯމް މެދުވެރިކޮށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. ފޯމް ހުށަހަޅާނީ ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ އޮންލައިން ކޮށްނަމަ [email protected] އީމެއިލް އެޑުރެހަށެވެ. ރުއްގަހުގެ ނަންބަރު ނޯޓުކުރާ ފޯމް އަދި ސަރަހައްދު އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓް ކޮށްފައިވާނެއެވެ. އަދި މީގެއިތުރުން ރުއްގަސް ނޯޓްކުރާ ފޯމް މިކައުންސިލްގެ ވެބްސައިޓުން އަދި ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

17 ޑިސެންބަރު 2025