ދިވެހިރާއްޖެ
ޢަމަލުކުރަން ފެށުން
|
(ހ) |
މި ޢުޞޫލަށް ޢަމަލުކުރަން ފަށާނީ، މިޢުޞޫލް ކައުންސިލުން ފާސްކޮށް ޢާއްމުކުރާ ދުވަހުން ފެށިގެންނެވެ. |
|
(ށ) |
މި ޢުޞޫލަށް ޢަމަލުކުރަން ފެށުމާއި އެކު މީގެ ކުރީން އަމަލުކުރަމުން ގެންދިޔަ "ހއ. ކެލާ ބަނދަރަށް މުދާ އަރުވާ ބާލާ އުޅަނދު ފަހަރާއި ބަނދަރުގައި ފައްތިޔާއަޅާ އުޅަނދުފަހަރުތަށް އަމަލުކުރަން ޖެހޭގޮތުގެ ޢުޞޫލް" ގެ ދަށުން ރަޖެސްޓްރީ ކޮށްފައިވާ ފައްތިޔާތަކުގެ ފީ އަދި ފީނުދެއްކުމުން އަރާ ޖުރިމާނާތަށް މައާފު ވާނެވެ. އަދި އުސޫލުގެ ދަށުން މީލާދީ 1 (އެކެއް) އަހަރުދުވަހަށް ފީ ދައްކާފައިވާ ފަރާތްތކުގެ ފީ 6 (ހައެށް) މަސްދުވަސްތެރޭ ކައުންސިލުން ރީފަންޑް ކޮށްދޭން ވާނެއެވެ. |
މި ޢުޞޫލުގެ 5 ވަނަ މާއްދާގެ "ށ"ގެ އަންނަނިވިގޮތަށް އިސްލާހު ކުރުން.
|
(ށ) |
މިމާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކޮންމެ ބަނދަރެއްގައިވެސް ބަނދަރުގެ ޖާގައޮތް މިންވަރަކަށް ރިޢާޔަތްކޮށް ބަނދަރުގެ ވަކި ސަރަޙައްދެއް ވަކި އުޅަނދަކަށް ޚާއްސަ ކޮށްފައި ބޭއްވުމަށް ވަގުތީ ހުއްދައާއި ދާއިމީ ހުއްދަ ދިނުމާއި ފައްތިޔާ ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ލިބިގެންވެއެވެ. މިގޮތުން ވަގުތީ ނުވަތަ ދާއިމީ ނުވަތަ ފައްތިޔާ ދޫކުރެވޭނީ އަންނަނިވި ގޮތަށެވެ.
މި އުޞޫލު ފާސްކޮށްފައިވަނީ، ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ 4 ވަނަ ދައުރުގެ 201 ވަނަ ޢާއްމު ބައްދަލުވުމުގައި 2025 އޮކްޓޯބަރ 26 ވީ އާދިއްތަ ދުވަހު ހއ. ކެލާ ކައުންސިލްގެ އިދާރާ ގައެވެ.
|
