ޢާންމު މަޢުލޫމާތު
ނަންބަރު: (PP)249-B/249/2025/6
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 09:51
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ކެލާ ބަނދަރަށް މުދާ އަރުވާ ބާލާ އުޅަނދު ފަހަރާއި ބަނދަރުގައި ފައްތިޔާއަޅާ އުޅަނދުފަހަރުތަށް އަމަލުކުރަން ޖެހޭގޮތުގެ ޢުޞޫލް

ޢަމަލުކުރަން ފެށުން

(ހ)

މި ޢުޞޫލަށް ޢަމަލުކުރަން ފަށާނީ، މިޢުޞޫލް ކައުންސިލުން ފާސްކޮށް ޢާއްމުކުރާ ދުވަހުން ފެށިގެންނެވެ.

(ށ)

މި ޢުޞޫލަށް ޢަމަލުކުރަން ފެށުމާއި އެކު މީގެ ކުރީން އަމަލުކުރަމުން ގެންދިޔަ "ހއ. ކެލާ ބަނދަރަށް މުދާ އަރުވާ ބާލާ އުޅަނދު ފަހަރާއި ބަނދަރުގައި ފައްތިޔާއަޅާ އުޅަނދުފަހަރުތަށް އަމަލުކުރަން ޖެހޭގޮތުގެ ޢުޞޫލް" ގެ ދަށުން ރަޖެސްޓްރީ ކޮށްފައިވާ ފައްތިޔާތަކުގެ ފީ އަދި  ފީނުދެއްކުމުން އަރާ ޖުރިމާނާތަށް މައާފު ވާނެވެ. އަދި އުސޫލުގެ ދަށުން މީލާދީ 1 (އެކެއް) އަހަރުދުވަހަށް ފީ ދައްކާފައިވާ ފަރާތްތކުގެ ފީ 6 (ހައެށް) މަސްދުވަސްތެރޭ ކައުންސިލުން ރީފަންޑް ކޮށްދޭން ވާނެއެވެ.  

މި ޢުޞޫލުގެ 5 ވަނަ މާއްދާގެ "ށ"ގެ އަންނަނިވިގޮތަށް އިސްލާހު ކުރުން.

(ށ)

މިމާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކޮންމެ ބަނދަރެއްގައިވެސް ބަނދަރުގެ ޖާގައޮތް މިންވަރަކަށް ރިޢާޔަތްކޮށް  ބަނދަރުގެ ވަކި ސަރަޙައްދެއް ވަކި އުޅަނދަކަށް ޚާއްސަ ކޮށްފައި ބޭއްވުމަށް ވަގުތީ ހުއްދައާއި ދާއިމީ ހުއްދަ ދިނުމާއި ފައްތިޔާ ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ލިބިގެންވެއެވެ.

 މިގޮތުން ވަގުތީ ނުވަތަ ދާއިމީ ނުވަތަ ފައްތިޔާ ދޫކުރެވޭނީ އަންނަނިވި ގޮތަށެވެ.

  1. ފައްތިޔާ ލިބޭނީ އެކަމަށް އެދި ފޯމް ހުށަހެޅުމުން ބަދަރުގައި ޖާގައޮތް މިންވަރަކުންނެވެ.
  2. ފައްތިޔާ ރަޖިސްޓްރީނުކުރާ އެއްވެސް އުޅަނދެއް ބަނދަރުގައި ފައްތިޔާލައިގެން އަޅާފައި ނުބޭއްވޭނެއެވެ.

 

  1.  ފައްތިޔާ ރަޖިސްޓްރީނުކުރާ އުޅަނދު ފަހަރު ބަނދަރުގެ އަޅާފައި ބޭއްވޭނީ 48 (ސާޅީސް އަށެއް) ގަޑި އިރަށެވެ. މިއެއްވުރެން ދިގު މުއްދަތަކަށް ބޭއްވޭނީ އިތުރުވާކޮންމެ ގަޑިއަކަށް -/150 (ސަތޭކަ ފަންސާސް) ރުފިޔާގެ ފީއެއް ދައްކައިގެންނެވެ.
  2. އެހެން އުޅަނދަކަށް ދޫކޮށްފައިވާ ފައްތިޔަލެށް ބޭނުންކުރަންވާނީ ފައްތިޔާ ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ހުއްދައާއިއެކުއެވެ. މިގޮތަށް ބޭނުން ކުރެވޭނީ ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ މުއްދަތަށެވެ.
  3. އުޅަނދަކަށް ދޫކުރެވިފައިވާ ފައްތިޔަލުގައި 2 (ދޭއް) މަސްދުވަހަށްވުރެ ގިނަދުވަހު އުޅަނދު ނާޅާ ބާއްވާނަމަ ކައުންސިލަށް އެކަން އަންގަންވާނެއެވެ. އަދި ނާންގާހުންނަ ފައްތިޔާތައް ކެންސަލްކޮށް އެ ފައްތިޔާތައް އަލުން އެހެން ފަރާތްތަކައް ދޫކުރެވޭނެއެވެ.
  4. މިއުޞޫލާއި ހިލާފްވާނަމަ 02 ފަހަރު ނަސޭހަތްދިނުމަށްފަހު ދޫކޮށްފައިވާ ފައްތިޔާ ހުއްދަ ބާތިލު ކުރެވޭނެއެވެ.

މި އުޞޫލު ފާސްކޮށްފައިވަނީ، ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ 4 ވަނަ ދައުރުގެ 201 ވަނަ ޢާއްމު ބައްދަލުވުމުގައި  2025 އޮކްޓޯބަރ 26 ވީ އާދިއްތަ ދުވަހު ހއ. ކެލާ ކައުންސިލްގެ އިދާރާ ގައެވެ.

 

14 ޑިސެންބަރު 2025