ދިވެހިރާއްޖެ
" 21 ވަނަ އަލްޖީރިއާ ހޮލީ ޤުރްއާން ރިސައިޓޭޝަން އިންޓަރނޭޝަނަލް ޕްރައިޒް" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު
އަލްޖީރިއާގެ ވެރިރަށް އަލްޖިއަސްގައި، 11 ޖަނަވަރީ 2026 އިން 15 ޖަނަވަރީ 2026 އަށް ބޭއްވުމަށް ހަމަޖެހިފައިވާ " 21 ވަނަ އަލްޖީރިއާ ހޮލީ ޤުރްއާން ރިސައިޓޭޝަން އިންޓަރނޭޝަނަލް ޕްރައިޒް" ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ވަނީ ދަޢުވަތު ލިބިފައެވެ.
ބައިވެރިވުމުގެ ޝަރުޠުތައް:
1- ދިވެހި ރައްޔިތަކަށްވުން.
2- 14 ޖެނުއަރީ 2026 ނިޔަލަށް ޢުމުރުން 25 އަހަރު ނުފުރޭ ފަރާތަކަށްވުން.
3- ތަޖުވީދުގެ ހަމަތަކާއެކު ފަރިތަކޮށް ކީރިތި ޤުރްއާން ނުބަލައި ކިޔަވަން އެނގުން.
4- ދުނިޔޭގެ މަޝްހޫރު ޤާރީއެއްކަމުގައި ނުވުން.
5- އަލްޖީރިއާ ހޮލީ ޤުރްއާން ރިސައިޓޭޝަން އިންޓަރނޭޝަނަލް ޕްރައިޒްގެ އެއްވެސް އެޑިޝަން އަކުން 2،1 ނުވަތަ 3 ވަނަ ޙާސިލްކޮށްފައިވާ ފަރާތަކަށް ނުވުން.
ބައިވެރިވުމަށް އެދި ހުށަހަޅާއިރު ދެނެގަންނަން މުހިންމު ކަންތައްތައް:
1- މުބާރާތުގައި ބައިވެރިކުރުމަށް ރާއްޖެއަށް ފުރުސަތު ލިބިފައިވަނީ އެންމެ ބައިވެރިއެކެވެ. އެހެންކަމުން މުބާރާތުގައި ބައިވެރިކުރުމަށް ހޮވާނީ އެންމެ ބައިވެރިއެކެވެ.
2- މި މުބާރާތަށް ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައެވެ. މިގޮތުން އިމްތިޙާނުކުރުމުގައި ތަޖުވީދަށާއި، ކިޔެވުމުގެ ފަރިތަކަމަށާއި، ކިޔެވުމުގެ ހުނަރާއި އަޑާއި ރާގަށް ބެލޭނެއެވެ. އަދި ޙިފްޡުގެ ފެންވަރަށްވެސް ރިޢާޔަތްކުރެވޭނެއެވެ.
3- ބެލެނިވެރިޔަކާއެކު ދަތުރުކުރެވޭނީ އަންނަނިވި ބައިވެރިންނަށެވެ.
- އަންހެން ބައިވެރިއެއް
- 17 އަހަރުންދަށުގެ ފިރިހެން ބައިވެރިއެއް
- ޚާއްސަ އެހީތެރިކަން ބޭނުންވާ ބައިވެރިއެއް
4- މުބާރާތުގައި ބައިވެރިވާ ފަރާތަށާއި ބެލެނިވެރިޔާ އަލްޖީރިއާއަށް ދިޔުމާއި އައުމުގެ ޓިކެޓާއި، ހުރުމާއި ޚަރަދު މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސަވައި ދެއްވާނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ލިޔެކިޔުންތަކާއެކު 18ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން https://forms.gle/kpDbfdpuNRhY1ZQw9 ގޫގްލް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔެކިޔުން:
1- ވަނަވަރު (ސީވީ) – އިނގިރޭސި ބަހުން.
2- ބައިވެރިވާ ފަރާތް އަދި އެކުގައި ދަތުރުކުރާ ފަރާތުގެ ޕާސްޕޯޓުގެ ޑޭޓާޕޭޖުގެ ސާފު ކުލަ ކޮޕީ
3- ބައިވެރިވާ ފަރާތް އަދި އެކުގައި ދަތުރުކުރާ ފަރާތުގެ ފޮޓޯ ނެގިތާ 3 މަސްހަމަނުވާ ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް (ސޮފްޓްކޮޕީ ޖޭޕީޖީ ފޯމެޓުގައި – ޕާސްޕޯޓުގައި ޖެހުމަށް ނަގާ ސްޓޭންޑަރޑް ގައި ނަގާފައިވާ ފޮޓޯއަކަށް ވާންވާނެއެވެ.)
4- ބައިވެރިވާ ފަރާތް އަދި އެކުގައި ދަތުރުކުރާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކުލަ ކޮޕީ.
ޙާފިޡު ކަމުގެ ސަނަދުގެ ކުލަ ކޮޕީ.
