މުބާރާތް
ނަންބަރު: (IUL)160-AS/1/2025/190
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 15:56
ސުންގަޑި: 18 ޑިސެންބަރު 2025 13:00
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
" 21 ވަނަ އަލްޖީރިއާ ހޮލީ ޤުރްއާން ރިސައިޓޭޝަން އިންޓަރނޭޝަނަލް ޕްރައިޒް" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

" 21 ވަނަ އަލްޖީރިއާ ހޮލީ ޤުރްއާން ރިސައިޓޭޝަން އިންޓަރނޭޝަނަލް ޕްރައިޒް" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

 

 

އަލްޖީރިއާގެ ވެރިރަށް އަލްޖިއަސްގައި، 11 ޖަނަވަރީ 2026 އިން 15 ޖަނަވަރީ 2026 އަށް ބޭއްވުމަށް ހަމަޖެހިފައިވާ " 21 ވަނަ އަލްޖީރިއާ ހޮލީ ޤުރްއާން ރިސައިޓޭޝަން އިންޓަރނޭޝަނަލް ޕްރައިޒް" ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ވަނީ ދަޢުވަތު ލިބިފައެވެ.

 

ބައިވެރިވުމުގެ ޝަރުޠުތައް:

1-      ދިވެހި ރައްޔިތަކަށްވުން.

2-      14 ޖެނުއަރީ 2026 ނިޔަލަށް ޢުމުރުން 25 އަހަރު ނުފުރޭ ފަރާތަކަށްވުން.

3-      ތަޖުވީދުގެ ހަމަތަކާއެކު ފަރިތަކޮށް ކީރިތި ޤުރްއާން ނުބަލައި ކިޔަވަން އެނގުން.

4-      ދުނިޔޭގެ މަޝްހޫރު ޤާރީއެއްކަމުގައި ނުވުން.

5-      އަލްޖީރިއާ ހޮލީ ޤުރްއާން ރިސައިޓޭޝަން އިންޓަރނޭޝަނަލް ޕްރައިޒްގެ އެއްވެސް އެޑިޝަން އަކުން 2،1 ނުވަތަ 3 ވަނަ ޙާސިލްކޮށްފައިވާ ފަރާތަކަށް ނުވުން.

ބައިވެރިވުމަށް އެދި ހުށަހަޅާއިރު ދެނެގަންނަން މުހިންމު ކަންތައްތައް:

 

1-      މުބާރާތުގައި ބައިވެރިކުރުމަށް ރާއްޖެއަށް ފުރުސަތު ލިބިފައިވަނީ އެންމެ ބައިވެރިއެކެވެ. އެހެންކަމުން މުބާރާތުގައި ބައިވެރިކުރުމަށް ހޮވާނީ އެންމެ ބައިވެރިއެކެވެ.

2-      މި މުބާރާތަށް ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައެވެ. މިގޮތުން އިމްތިޙާނުކުރުމުގައި ތަޖުވީދަށާއި، ކިޔެވުމުގެ ފަރިތަކަމަށާއި، ކިޔެވުމުގެ ހުނަރާއި އަޑާއި ރާގަށް ބެލޭނެއެވެ. އަދި ޙިފްޡުގެ ފެންވަރަށްވެސް ރިޢާޔަތްކުރެވޭނެއެވެ.

3-      ބެލެނިވެރިޔަކާއެކު ދަތުރުކުރެވޭނީ އަންނަނިވި ބައިވެރިންނަށެވެ.

  • އަންހެން ބައިވެރިއެއް
  • 17 އަހަރުންދަށުގެ ފިރިހެން ބައިވެރިއެއް
  • ޚާއްސަ އެހީތެރިކަން ބޭނުންވާ ބައިވެރިއެއް

4-      މުބާރާތުގައި ބައިވެރިވާ ފަރާތަށާއި ބެލެނިވެރިޔާ އަލްޖީރިއާއަށް ދިޔުމާއި އައުމުގެ ޓިކެޓާއި، ހުރުމާއި ޚަރަދު މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސަވައި ދެއްވާނެއެވެ. 

     މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ލިޔެކިޔުންތަކާއެކު 18ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން  https://forms.gle/kpDbfdpuNRhY1ZQw9 ގޫގްލް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުން:

1-      ވަނަވަރު (ސީވީ) – އިނގިރޭސި ބަހުން.

2-      ބައިވެރިވާ ފަރާތް އަދި އެކުގައި ދަތުރުކުރާ ފަރާތުގެ ޕާސްޕޯޓުގެ ޑޭޓާޕޭޖުގެ ސާފު ކުލަ ކޮޕީ

3-      ބައިވެރިވާ ފަރާތް އަދި އެކުގައި ދަތުރުކުރާ ފަރާތުގެ ފޮޓޯ ނެގިތާ 3 މަސްހަމަނުވާ ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް (ސޮފްޓްކޮޕީ ޖޭޕީޖީ ފޯމެޓުގައި – ޕާސްޕޯޓުގައި ޖެހުމަށް ނަގާ ސްޓޭންޑަރޑް ގައި ނަގާފައިވާ ފޮޓޯއަކަށް ވާންވާނެއެވެ.)

4-      ބައިވެރިވާ ފަރާތް އަދި އެކުގައި ދަތުރުކުރާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކުލަ ކޮޕީ.

ޙާފިޡު ކަމުގެ ސަނަދުގެ ކުލަ ކޮޕީ.

14 ޑިސެންބަރު 2025