ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެފް.އޭ ކަޕް 2025/2026 ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް.

ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް

މާލެ

ދިވެހިރާއްޖެ

                                                                                         ނަންބަރު:FAM/IUL/2025/043

އިއުލާން

           

07 ޖެނުއަރީ 2026 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "އެފް.އޭ.ކަޕް 2025/2026" ފުޓްބޯޅަ  މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ، ކޮމިޝަނަރ އޮފް ސްޕޯރޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް، ޖަމިއްޔާ ޖަމާތްތަކުން، މި އިއުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، 23 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 15:00 ކުރިން [email protected]  އީމެއިލް މެދުވެރިކޮށް މިއެސޯސިއޭޝަނަށް ފޯމް ހުށައެޅުމަށް ދަންނަވަމެވެ.

އަދި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ތަފްސީލް ލިބުމުން، އިތުރު މައުލޫމާތު ޓީމްތަކާއި ހިއްސާކުރެވޭނެކަންވެސް މިފުރުސަތުގައި ދަންނަވަމެވެ.

14 ޑިސެމްބަރ 2025

14 ޑިސެންބަރު 2025
ހޯދާ