ދިވެހިރާއްޖެ
ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް
މާލެ
ދިވެހިރާއްޖެ
ނަންބަރު:FAM/IUL/2025/043
އިއުލާން
07 ޖެނުއަރީ 2026 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "އެފް.އޭ.ކަޕް 2025/2026" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ، ކޮމިޝަނަރ އޮފް ސްޕޯރޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް، ޖަމިއްޔާ ޖަމާތްތަކުން، މި އިއުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، 23 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 15:00 ކުރިން [email protected] އީމެއިލް މެދުވެރިކޮށް މިއެސޯސިއޭޝަނަށް ފޯމް ހުށައެޅުމަށް ދަންނަވަމެވެ.
އަދި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ތަފްސީލް ލިބުމުން، އިތުރު މައުލޫމާތު ޓީމްތަކާއި ހިއްސާކުރެވޭނެކަންވެސް މިފުރުސަތުގައި ދަންނަވަމެވެ.
14 ޑިސެމްބަރ 2025