ދިވެހިރާއްޖެ
މިކައުންސިލުންދޭ މައުލުމާތާ އެއްގޮތަށް ފެންހިންދާ ކާނު ހެދުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދަމަށް ކުރެވުނު (IUL)389/389/2025/44 ނަންބަރ އިއުލާން އާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ މިމަސައްކަތަށް އަލުން ހުޅުވާލަމެވެ.
މިމަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ޑިސެމްބަރ 2025 ވާ އާދިއްތަ ދުވަހުން ފެށިގެން 21 ޑިސެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް، ބިޑްރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅައިގެން ނުވަތަ ތިރީގައިވާ ލިންކްމެދުވެރިކޮށް އޮންލައިން ފޯމްފުރައިގެން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމު މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މިމަސައްކަތަށް ކުރިން ކުރެވުނު އިއުލާން (IUL)389/389/2025/44 އާއި ގުޅިގެން ބީލަމުގައި ރަޖިސްޓްރިކޮށްފައިވާ ފަރާތްތަކުން އަލުން ރަޖިސްޓްރީ ވާކަށް ނުޖެހޭނެއެވެ. މި ބީލަމާ ގުޅިގެން ބިޑުހުށަހެޅުމަށް ބާއްވާ ބައްދަލުވުން ހަމަޖެހިފައިވާގޮތް ތިރިގައި އެވަނީއެވެ.
https://forms.gle/UxrkwAGai3gECQqs9
|
|
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
|
ޕްރީބިޑް މީޓިން |
ތ.ހިރިލަންދޫ ކައުންސިލްގެ އިދާރާ |
23 ޑިސެމްބަރ 2025 |
އަންގާރަ |
11:00 |
|
ބިޑް ހުށަހެޅުން |
ތ.ހިރިލަންދޫ ކައުންސިލްގެ އިދާރާ |
25 ޑިސެމްބަރ 2025 |
ބުރާސްފަތި |
11:00 |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.
24 ޖުމާދަލްއާޚިރާ 1447
14 ޑިސެމްބަރ 2025
