ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)389/389/2025/47
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:08
ސުންގަޑި: 21 ޑިސެންބަރު 2025 14:00
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންހިންދާ ކާނު ހެދުން

މިކައުންސިލުންދޭ މައުލުމާތާ އެއްގޮތަށް ފެންހިންދާ ކާނު ހެދުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދަމަށް ކުރެވުނު (IUL)389/389/2025/44 ނަންބަރ އިއުލާން އާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ މިމަސައްކަތަށް އަލުން ހުޅުވާލަމެވެ.

މިމަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ޑިސެމްބަރ 2025 ވާ އާދިއްތަ ދުވަހުން ފެށިގެން 21 ޑިސެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް، ބިޑްރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅައިގެން ނުވަތަ ތިރީގައިވާ ލިންކްމެދުވެރިކޮށް އޮންލައިން ފޯމްފުރައިގެން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމު މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މިމަސައްކަތަށް ކުރިން ކުރެވުނު އިއުލާން (IUL)389/389/2025/44 އާއި ގުޅިގެން ބީލަމުގައި ރަޖިސްޓްރިކޮށްފައިވާ ފަރާތްތަކުން އަލުން ރަޖިސްޓްރީ ވާކަށް ނުޖެހޭނެއެވެ. މި ބީލަމާ ގުޅިގެން ބިޑުހުށަހެޅުމަށް ބާއްވާ ބައްދަލުވުން ހަމަޖެހިފައިވާގޮތް ތިރިގައި އެވަނީއެވެ.

https://forms.gle/UxrkwAGai3gECQqs9

 

ތަން

ތާރީޚް

ދުވަސް

ގަޑި

ޕްރީބިޑް މީޓިން

ތ.ހިރިލަންދޫ ކައުންސިލްގެ އިދާރާ

23 ޑިސެމްބަރ 2025

 އަންގާރަ

11:00

ބިޑް ހުށަހެޅުން

ތ.ހިރިލަންދޫ ކައުންސިލްގެ އިދާރާ

25 ޑިސެމްބަރ 2025

 ބުރާސްފަތި

11:00

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

24 ޖުމާދަލްއާޚިރާ 1447

14 ޑިސެމްބަރ  2025

14 ޑިސެންބަރު 2025