ދިވެހިރާއްޖެ
"ގޯލްޑަން ފުޓްސަލް ޗެލެންޖް 2026" ގައި ބައިވެރިވެފައިވާ ހއ. ދިއްދޫ ޓީމުގެ އެންމެހާ ކަންކަން އިންތިޒާމްކޮށް، މުބާރާތުގެ މެޗުތައް ކުޅެމުންދާއިރު ފުޓްސަލްޓީމު މެނޭޖުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)251-MS/251/2025/97 (10 ޑިސެމްބަރު 2025) އިޢުލާނުގެ ބީލަން ހުށަހެޅުމަށް މުއްދަތު އިތުރުކުރުމަށް ފެންނާތީ، ބީލަން ރަޖިސްޓްރީ ކުރުމާއި ބީލަން ހުށަހެޅުމުގެ ތާރީޚްވަނީ ފަސްކުރެވިފައެވެ.
ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން ބީލަމަށް ރަޖިސްޓްރީ ކުރުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
|
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި |
16 ޑިސެމްބަރު 2025 |
އަންގާރަ |
14:00 |
|
އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑި |
22 ޑިސެމްބަރު 2025 |
ހޯމަ |
10:30 |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6500019 އަށް ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
