ބީލަން
ނަންބަރު: (IUL)251-MS/251/2025/98
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 22:06
ސުންގަޑި: 22 ޑިސެންބަރު 2025 10:30
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 މުބާރާތުގައި ބައިވެރިވާ ދިއްދޫ ޓީމުގެ ކަންކަން އިންތިޒާމް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

"ގޯލްޑަން ފުޓްސަލް ޗެލެންޖް 2026" ގައި ބައިވެރިވެފައިވާ ހއ. ދިއްދޫ ޓީމުގެ އެންމެހާ ކަންކަން އިންތިޒާމްކޮށް، މުބާރާތުގެ މެޗުތައް ކުޅެމުންދާއިރު ފުޓްސަލްޓީމު މެނޭޖުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު           (IUL)251-MS/251/2025/97 (10 ޑިސެމްބަރު 2025) އިޢުލާނުގެ ބީލަން ހުށަހެޅުމަށް މުއްދަތު އިތުރުކުރުމަށް ފެންނާތީ، ބީލަން ރަޖިސްޓްރީ ކުރުމާއި ބީލަން ހުށަހެޅުމުގެ ތާރީޚްވަނީ ފަސްކުރެވިފައެވެ.

ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން ބީލަމަށް ރަޖިސްޓްރީ ކުރުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

16 ޑިސެމްބަރު 2025

އަންގާރަ

14:00

އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑި

22 ޑިސެމްބަރު 2025

ހޯމަ

10:30

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6500019 އަށް ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

11 ޑިސެންބަރު 2025