އިޢުލާން
ނ.ޅޮހި މަގުބައްތިތަކުގެ ކަރަންޓު އާނެޓްވޯކަށް ބަދަލުކުރުމަށް މަގުކޮނެ ކޭބަލް ވަޅުލުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުން:
ނ.ޅޮހި މަގުބައްތިތަކުގެ ކަރަންޓު އާނެޓްވޯކަށް ބަދަލުކުރުމާއި، އަލަށް އާބާދުވާ ސަރަހައްދުތަކުގެ މަގުބައްތި ހަރުކުރުމަށް ކައުންސިލުން ކޭބަލް ފޯރުކޮއްދިނުމުން، މަގުކޮނެ ކޭބަލް ވަޅުލުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް އަގު/ ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި ޅޮހި ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު/ ކޯޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ.
|
މަޢުލޫމާތު
ސާފުކުރުން
|
- މަޢުލޫމާތު ސާފުކުރުން އޮންނާނީ 14 ޑިސެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 09:00 ގައި މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލްގެ އިދާރާގައެވެ.
|
|
އަގު ހުށަހެޅުން
|
- އަގު/ ކޯޓޭޝަން ހުޅުވުން އޮންނާނީ 18 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލްގެ އިދާރާގައެވެ.
- އަގު ހުށަހަޅަންވާނީ އެއްފޫޓް ބައި ( ދޮޅުފޫޓް) ފުންމިނުގައި، 1 މީޓަރު ( މީޓަރެއް) ކޮނެދެވޭނެ އަގެވެ.
- އަގު/ ކޯޓޭޝަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
- ގަޑިޖެހިގެން އަގު ހުށަހަޅަން ވަޑައިގަންނަވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
|
|
ކަރަންޓް ނެޓްވޯކް އެޅުމަށް މަގުކޮންނަންޖެހޭ ތަންތަނުގެ ތަފްސީލް
|
- މިހާރު މަގުބައްތިތައް ހުރިތަންތަން ނުވަތަ ކައުންސިލުން ކަނޑައަޅާ ތަންތަނަށް އަދި އަލަށް މަގުބައްތި އިތުރުކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ނުވަތަ ކަނޑައަޅާ ތަންތަނަށް މަގު ކޮނެ ކޭބަލް ވަޅުލައި ފަސްއަޅައި ރީތިކުރަންވާނެއެވެ.
|
|
އިވެލުއޭޝަން ކްރައިޓީރިއާ
|
- އަގު: 85% ޕޮއިންޓް ( ހުށަހަޅާފައިވާ އެންމެ ކުޑައަގު ބެންޗްމާކް ކަމުގައި ބަލައިގެން )
- ތަޖްރިބާ: 15% ޕޮއިންޓް މި އިޢުލާން ކުރި ތާރީޚުން ފެށިގެން ވޭތުވެ ދިޔަ 2 އަހަރު ދުވަހު ކޮށްފައިވާ މި ބާވަތުގެ މަސައްކަތައް ( މަގުކޮނުމާއި ކޭބަލް ވަޅުލުމުގެ މަސައްކަތް) ، ކޮއްފައިވާ މިފަދަ ކޮންމެ މަސައްކަތަކަށް 5 ޕޮއިންޓް ގިނަވެގެން ދެވޭނީ 15 ޕޮއިންޓް)
- ތަޖްރިބާގެ ބަޔަށް ޕޮއިންޓް ދެވޭނީ 2 އަހަރު ދުވަހު ކޮށްނިމައި އެކަމުގެ ލިޔުން ހުށަހަޅާފައިވާ ނަމައެވެ.
- ދެފަރާތެއް ނުވަތަ އެޔައްވުރެ ގިނަފަރާތުން ޕޮއިންޓް އެއްވަރުވެއްޖެނަމަ މަސައްކަތް ލިބޭނެ ފަރާތެއް ކަނޑައަޅާނީ އެފަރާތްތަކުގެ ހާޒިރުގައި ގުރުއަތެއް ނަގައިގެނެވެ.
- ވަގުލިޔުމެއް ނުވަތަ އޮޅުވާލައިގެން ލިޔުމެއް ހުށަހަޅާފައިވާކަން މިއިދާރާއަށް ފާހަގަކުރެވިއްޖެނަމަ އެފަރާތެއްގެ ކޯޓޭޝަން ބާތިލްކުރެވޭނެއެވެ.
|
|
އިތުރު މަޢުލޫމާތު
|
- އެކަށީގެންވާ އަދަދަށް ބިޑް ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލްގެ އިދާރާއަށް ލިބިގެން ވެއެވެ.
- ފޯން: 6560032 (ރަސްމީ ގަޑީގައި)
- އީމެއިލް: [email protected]
|
މި އިޢުލާނަށް ބީލަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ކުންފުނީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2023/07) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
11 ޑިސެމްބަރ 2025