ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)291/291/2025/23
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 18 ޑިސެންބަރު 2025 13:00
މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ޅޮހި މަގުބައްތިތަކުގެ ކަރަންޓު އާނެޓްވޯކަށް ބަދަލުކުރުމަށް މަގުކޮނެ ކޭބަލް ވަޅުލުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުން:

އިޢުލާން

 

ނ.ޅޮހި މަގުބައްތިތަކުގެ ކަރަންޓު އާނެޓްވޯކަށް ބަދަލުކުރުމަށް މަގުކޮނެ ކޭބަލް ވަޅުލުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުން:   

 

          ނ.ޅޮހި މަގުބައްތިތަކުގެ ކަރަންޓު އާނެޓްވޯކަށް ބަދަލުކުރުމާއި، އަލަށް އާބާދުވާ ސަރަހައްދުތަކުގެ މަގުބައްތި ހަރުކުރުމަށް ކައުންސިލުން ކޭބަލް ފޯރުކޮއްދިނުމުން، މަގުކޮނެ ކޭބަލް ވަޅުލުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް އަގު/ ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި ޅޮހި ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު/ ކޯޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ.

 

މަޢުލޫމާތު

 ސާފުކުރުން

  • މަޢުލޫމާތު ސާފުކުރުން އޮންނާނީ 14 ޑިސެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 09:00 ގައި މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލްގެ އިދާރާގައެވެ.

 އަގު ހުށަހެޅުން

  • އަގު/ ކޯޓޭޝަން ހުޅުވުން އޮންނާނީ 18 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލްގެ އިދާރާގައެވެ.
  • އަގު ހުށަހަޅަންވާނީ އެއްފޫޓް ބައި ( ދޮޅުފޫޓް) ފުންމިނުގައި، 1 މީޓަރު ( މީޓަރެއް) ކޮނެދެވޭނެ އަގެވެ.
  • އަގު/ ކޯޓޭޝަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. 
  • ގަޑިޖެހިގެން އަގު ހުށަހަޅަން ވަޑައިގަންނަވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ކަރަންޓް ނެޓްވޯކް އެޅުމަށް މަގުކޮންނަންޖެހޭ ތަންތަނުގެ ތަފްސީލް

  • މިހާރު މަގުބައްތިތައް ހުރިތަންތަން ނުވަތަ ކައުންސިލުން ކަނޑައަޅާ ތަންތަނަށް އަދި އަލަށް މަގުބައްތި އިތުރުކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ނުވަތަ ކަނޑައަޅާ ތަންތަނަށް މަގު ކޮނެ ކޭބަލް ވަޅުލައި ފަސްއަޅައި ރީތިކުރަންވާނެއެވެ.

އިވެލުއޭޝަން ކްރައިޓީރިއާ

 

  • އަގު: 85% ޕޮއިންޓް ( ހުށަހަޅާފައިވާ އެންމެ ކުޑައަގު ބެންޗްމާކް ކަމުގައި ބަލައިގެން )
  • ތަޖްރިބާ:  15% ޕޮއިންޓް މި އިޢުލާން ކުރި ތާރީޚުން ފެށިގެން ވޭތުވެ ދިޔަ 2 އަހަރު ދުވަހު ކޮށްފައިވާ މި ބާވަތުގެ މަސައްކަތައް ( މަގުކޮނުމާއި ކޭބަލް ވަޅުލުމުގެ މަސައްކަތް) ، ކޮއްފައިވާ މިފަދަ ކޮންމެ މަސައްކަތަކަށް 5 ޕޮއިންޓް ގިނަވެގެން ދެވޭނީ 15 ޕޮއިންޓް)
  • ތަޖްރިބާގެ ބަޔަށް ޕޮއިންޓް ދެވޭނީ 2 އަހަރު ދުވަހު ކޮށްނިމައި އެކަމުގެ ލިޔުން ހުށަހަޅާފައިވާ ނަމައެވެ.
  • ދެފަރާތެއް ނުވަތަ އެޔައްވުރެ ގިނަފަރާތުން ޕޮއިންޓް އެއްވަރުވެއްޖެނަމަ މަސައްކަތް ލިބޭނެ ފަރާތެއް ކަނޑައަޅާނީ އެފަރާތްތަކުގެ ހާޒިރުގައި ގުރުއަތެއް ނަގައިގެނެވެ.
  • ވަގުލިޔުމެއް ނުވަތަ އޮޅުވާލައިގެން ލިޔުމެއް ހުށަހަޅާފައިވާކަން މިއިދާރާއަށް ފާހަގަކުރެވިއްޖެނަމަ އެފަރާތެއްގެ ކޯޓޭޝަން ބާތިލްކުރެވޭނެއެވެ.

 

 

 

 

އިތުރު މަޢުލޫމާތު

 

  • އެކަށީގެންވާ އަދަދަށް ބިޑް ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލްގެ އިދާރާއަށް ލިބިގެން ވެއެވެ.
  • ފޯން:  6560032 (ރަސްމީ ގަޑީގައި)
  • އީމެއިލް: [email protected]

 

 

        މި އިޢުލާނަށް ބީލަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ކުންފުނީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2023/07) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 11 ޑިސެމްބަރ 2025

11 ޑިސެންބަރު 2025