ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލީގަލް އޮފިސަރ (ކޮންޓްރެކްޓް)

މަޤާމް :ލީގަލް އޮފިސަރ (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

މަޤާމު:

ލީގަލް އޮފިސަރ

ބޭނުންވާ އަދަދު:

01

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

އަސާސީ މުސާރަ:

މަހަކު 8,850.77 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު 3,793.19 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

1 އަހަރު

އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް  (ޕްރޮބޭޝަން ހަމަވުމުން)
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތު:

  1. މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަރޓިފިކެޓެއް ލިބިފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  2. ވަކާލާތު ކުރުމުގެ ލައިސަސް ނުވަތަ ހުއްދަ ލިބިފައިވުން.

މަސައްކަތާ ގުޅުން ހުރި ދާއިރާގޮތުގައި ބަލާނެ ދާއިރާތައް:

  • ޤާނޫނީ ދާއިރާ

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ޔުނިވަރސިޓީގެ މަސައްކަތްތަކާއި ގުޅިގެން އެކި ފަރާތްތަކާއިއެކު ސޮއިކުރާ ކޮންޓްރެކްޓްތަކާއި، އެއްބަސްވުންތަކާއި، އެމް.އޯ.ޔޫތަކާއި، އަދި އެހެނިހެން ޤާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، މުރާޖަޢާކުރުމާއި، އަދި ފައިނަލްކުރުމުގައި އެހީތެރިވެދިނުން.
  2. ގާނޫނީ ދިރާސާތައް ކުރުމާއި، ކުރު ހުލާސާތަކާއި، ޤާނޫނީ ބްރީފްތަކާއި، ޤާނޫނީ ރައުޔުތައް ތައްޔާރުކުރުން.
  3. ގާނޫނުތަކާއި، ގަވާއިދުތަކާއި، ޔުނިވަރސިޓީގެ ސިޔާސަތުތަކާ އެއްގޮތްވާކަން ކަށަވަރުކުރުމުގައި އެހީތެރިވުން.
  4. ދަޢުވާކުރުމާއި، އާބިޓްރޭޝަން އަދި އެނޫންވެސް ޤާނޫނީ އިޖުރާއަތްތަކަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމަށް އެހީތެރިވުން.
  5. ޤާނޫނީ ފައިލްތަކާއި، ޑޭޓާބޭސްތަކާއި، ރެކޯޑުތައް ބެލެހެއްޓުމާއި އަޕްޑޭޓްކުރުން.
  6. ޔުނިވަރސިޓީގެ ލީގަލް އޮފިސަރުގެ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން، ޤާނޫނީ ކަންކަމުގައި އިންޓަރނަލް ޑިޕާރޓްމަންޓްތަކާއި، އެކްޓަރނަލް ސްޓޭކްހޯލްޑަރުންނާއި، ރެގިއުލޭޓަރީ އޮތޯރިޓީތަކާ ގުޅިގެން މަސައްކަތްކުރުން.
  7. ޤާނޫނީ އަދި ކޮމްޕްލަޔަންސް ކަންކަމާ ގުޅޭ ލިޔުންތަކާއި، މެމޯތަކާއި، ރިޕޯޓްތައް ތައްޔާރުކުރުން.
  8. ޤާނޫނީ ބައްދަލުވުންތަކާއި، އަޑުއެހުންތަކާއި، މަޝްވަރާތަކުގައި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  9. ޑެޑްލައިންތަކާއި، ފައިލް ރިކުއަރމަންޓްތަކާއި، ކޭސް ޕްރޮގްރެސް މޮނިޓަރ ކުރުމުގައި އެހީތެރިވެދިނުން.
  10. ލީގަލް ޑިޕާރޓްމަންޓް ހަރުދަނާ ގޮތެއްގައި ހިންގުމަށްޓަކައި ހަވާލުކުރެވޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2025 ޑިސެންބަރު 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2025-208

 

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
11 ޑިސެންބަރު 2025
ހޯދާ