|
މަޤާމު:
|
ލީގަލް އޮފިސަރ
|
ބޭނުންވާ އަދަދު:
|
01
|
|
ވަޒީފާ އަދާކުރާ އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
|
އަސާސީ މުސާރަ:
|
މަހަކު 8,850.77 ރުފިޔާ
|
ސާރވިސް އެލަވަންސް:
|
މަހަކު 3,793.19 ރުފިޔާ
|
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް
|
|
ކޮންޓްރެކްޓްގެ މުއްދަތު:
|
1 އަހަރު
|
|
އިނާޔަތްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
- ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވުމުން)
- ސްޓާފް ޖިމް ފެސިލިޓީ
- ލައިބްރަރީ މެމްބަޝިޕް
|
|
މަގާމުގެ ޝަރުތު:
|
- މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަރޓިފިކެޓެއް ލިބިފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
- ވަކާލާތު ކުރުމުގެ ލައިސަސް ނުވަތަ ހުއްދަ ލިބިފައިވުން.
|
|
މަސައްކަތާ ގުޅުން ހުރި ދާއިރާގޮތުގައި ބަލާނެ ދާއިރާތައް:
|
|
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ޔުނިވަރސިޓީގެ މަސައްކަތްތަކާއި ގުޅިގެން އެކި ފަރާތްތަކާއިއެކު ސޮއިކުރާ ކޮންޓްރެކްޓްތަކާއި، އެއްބަސްވުންތަކާއި، އެމް.އޯ.ޔޫތަކާއި، އަދި އެހެނިހެން ޤާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، މުރާޖަޢާކުރުމާއި، އަދި ފައިނަލްކުރުމުގައި އެހީތެރިވެދިނުން.
- ގާނޫނީ ދިރާސާތައް ކުރުމާއި، ކުރު ހުލާސާތަކާއި، ޤާނޫނީ ބްރީފްތަކާއި، ޤާނޫނީ ރައުޔުތައް ތައްޔާރުކުރުން.
- ގާނޫނުތަކާއި، ގަވާއިދުތަކާއި، ޔުނިވަރސިޓީގެ ސިޔާސަތުތަކާ އެއްގޮތްވާކަން ކަށަވަރުކުރުމުގައި އެހީތެރިވުން.
- ދަޢުވާކުރުމާއި، އާބިޓްރޭޝަން އަދި އެނޫންވެސް ޤާނޫނީ އިޖުރާއަތްތަކަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމަށް އެހީތެރިވުން.
- ޤާނޫނީ ފައިލްތަކާއި، ޑޭޓާބޭސްތަކާއި، ރެކޯޑުތައް ބެލެހެއްޓުމާއި އަޕްޑޭޓްކުރުން.
- ޔުނިވަރސިޓީގެ ލީގަލް އޮފިސަރުގެ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން، ޤާނޫނީ ކަންކަމުގައި އިންޓަރނަލް ޑިޕާރޓްމަންޓްތަކާއި، އެކްޓަރނަލް ސްޓޭކްހޯލްޑަރުންނާއި، ރެގިއުލޭޓަރީ އޮތޯރިޓީތަކާ ގުޅިގެން މަސައްކަތްކުރުން.
- ޤާނޫނީ އަދި ކޮމްޕްލަޔަންސް ކަންކަމާ ގުޅޭ ލިޔުންތަކާއި، މެމޯތަކާއި، ރިޕޯޓްތައް ތައްޔާރުކުރުން.
- ޤާނޫނީ ބައްދަލުވުންތަކާއި، އަޑުއެހުންތަކާއި، މަޝްވަރާތަކުގައި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
- ޑެޑްލައިންތަކާއި، ފައިލް ރިކުއަރމަންޓްތަކާއި، ކޭސް ޕްރޮގްރެސް މޮނިޓަރ ކުރުމުގައި އެހީތެރިވެދިނުން.
- ލީގަލް ޑިޕާރޓްމަންޓް ހަރުދަނާ ގޮތެއްގައި ހިންގުމަށްޓަކައި ހަވާލުކުރެވޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
|
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
2025 ޑިސެންބަރު 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2025-208
|
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
|