މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2026ވަނަ އަހަރުގެ ވާދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
2026ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ:
- މިސްކޫލުގެ ސެކިއުރިޓީ 1 އަހަރު ދުވަހުގެ މުއްދަތަށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/20214 ) ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ
- މި ޕްރޮޖެކްޓުގައި ރަޖިސްޓްރީ ކުރުމަށް 15 ޑިސެމްބަރު 2025 ވާ ހޯމަ ދުވަހުގެ 14:00 ކުރިން " ބިޑު ރެޖިސްޓްރީ ފޯމް " ފުރިހަމަކޮށް admin@rvaadhooschool.edu.mv އީމެއިލްއަށް ފޮނުވާ ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާފަރާތްތަކަށެވެ.
- ޕްރޮޖެކްޓާއި ބެހޭގޮތުން ސުވާލެއްވާނަމަ 15 ޑިސެމްބަރު 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިޢުލާނުގެ 10 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ސުވާލު ފޮނުވުން އެދެމެވެ.
- ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 18 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިސްކޫލުގެ މީޓިންގ ރޫމުގައެވެ.ގަޑި ޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.
- މި ޕްރޮޖެކްޓާގުޅޭ ރެޖިސްޓްރޭޝަން ފޯމް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- ބީލަމުގައި ރަޖިސްޓްރީ ކުރާފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ބީލަންފޮތް ފޯރުކޮށްދެވޭނެއެވެ.
- ބީލަމުގައި ރަޖިސްޓްރިކުރި ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ބައިވެރިވާނަމަ އެކަން ބަޔާންކޮށް ލިޔުން ހުށަހަޅަންވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ވާދޫ ސްކޫލް / ރ.ވާދޫ
- ފޯން: 6580362
- އީ-މެއިލް:[email protected]
09 ޑިސެންބަރު 2025
ހޯދާ
