ބީލަން
ނަންބަރު: GS126/2025/IUL/15
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:28
ސުންގަޑި: 18 ޑިސެންބަރު 2025 13:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ސްކޫލް
ދިވެހިރާއްޖެ
2026ވަނަ އަހަރުގެ ވާދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2026ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ:

  1.       މިސްކޫލުގެ ސެކިއުރިޓީ 1 އަހަރު ދުވަހުގެ މުއްދަތަށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2.       މި ޕްރޮޖެކްޓަށް ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/20214 ) ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3.       މިޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ
  4.       މި ޕްރޮޖެކްޓުގައި ރަޖިސްޓްރީ ކުރުމަށް 15 ޑިސެމްބަރު 2025 ވާ ހޯމަ ދުވަހުގެ 14:00 ކުރިން " ބިޑު ރެޖިސްޓްރީ ފޯމް " ފުރިހަމަކޮށް admin@rvaadhooschool.edu.mv  އީމެއިލްއަށް ފޮނުވާ ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާފަރާތްތަކަށެވެ.
  5.       ޕްރޮޖެކްޓާއި ބެހޭގޮތުން ސުވާލެއްވާނަމަ 15 ޑިސެމްބަރު 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިޢުލާނުގެ 10 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ސުވާލު ފޮނުވުން އެދެމެވެ.
  6.       ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 18 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިސްކޫލުގެ މީޓިންގ ރޫމުގައެވެ.ގަޑި ޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.
  7.       މި ޕްރޮޖެކްޓާގުޅޭ ރެޖިސްޓްރޭޝަން ފޯމް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  8.       ބީލަމުގައި ރަޖިސްޓްރީ ކުރާފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ބީލަންފޮތް ފޯރުކޮށްދެވޭނެއެވެ.
  9.       ބީލަމުގައި ރަޖިސްޓްރިކުރި ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ބައިވެރިވާނަމަ އެކަން ބަޔާންކޮށް ލިޔުން ހުށަހަޅަންވާނެއެވެ.
  10.   މިޕްރޮޖެކްޓާގުޅޭ އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

-          ވާދޫ ސްކޫލް / ރ.ވާދޫ

-          ފޯން: 6580362

-          އީ-މެއިލް:[email protected]

 

09 ޑިސެންބަރު 2025