ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މާކެންޓައިލް (އިންޓަރ-ކޮމްޕެނީ) ވޮލީބޯލް ޗެމްޕިއަންޝިޕް 2025 އަންހެން ޑިވިޜަންގެ ތާރީޚު އަވަސްކުރުމާއި ބެހޭ:

އިޢުލާން

މާކެންޓައިލް (އިންޓަރ-ކޮމްޕެނީ)  ވޮލީބޯލް ޗެމްޕިއަންޝިޕް 2025 އަންހެން ޑިވިޜަންގެ ތާރީޚު އަވަސްކުރުމާއިބެހޭ:

 

މާކެންޓައިލް (އިންޓަރ ކޮމްޕެނީ) ވޮލީބޯލް ޗެމްޕިއަންޝިޕް 2025 އަންހެން ޑިވިޜަން ފެށުމައް މިހާރު ހަމަޖެހިފައިވަނީ 2026 ޖަނަވަރީ 14 ވަނަ ދުވަހު ކަމުގައި އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

މުބާރާތް ފަށާ ތާރީޚް:

14 ޖަނަވަރީ 2026

މުބާރާތް ބޭއްވޭތަން:

އެކުވެނި ޓަރފް ވޮލީ ކޯޓުތަކުގައި

މުބާރާތް ކުޅެވޭ ޑިވިޜަން:

އަންހެން ޑިވިޜަން

މުބާރާތުގައި ބައިވެރިވެވޭ ފަރާތްތައް:

މުބާރާތުގައި ބައިވެރި ވެވޭނީ ކުންފުނި ( ސަރުކާރު ހިއްސާވާ ކުންފުނި އަދި ޕްރައިވެޓް ކުންފުނި ) ތަކަށެވެ. މުބާރާތް ކުޅެވޭނި 2 ޑިވިޜަން ( އަންހެން އަދި ފިރިހެން ) އަށެވެ. ކޮންމެ ޑިވިޜަނަކުން ވެސް ބައިވެރި ކުރެވޭނީ އަންހެން 1 އަދި ފިރިހެން 1 ޓީމެވެ.

މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚާއި ގަޑި:

2025 ޑިސެމްބަރ 28 ވާ އާދީއްތަ ދުވަހުގެ މެންދުރު 11:00 ގެ ކުރިން

ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚާއި ގަޑި:

2026 ޖަނަވަރީ 06 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 ގެ ކުރިން

މުބާރާތުގައި ބައިވެރިވުމުގެ ފޯމާއި ޓީމް ލިސްޓް ހުށަހަޅަން ޖެހޭ ތަން:

[email protected]                                              

މުބާރާތުގައި ބައިވެރި ވުމުގެ ފޯމާއި، ޓީމް ލިސްޓް ހުށަހަޅާ ފޯމް އަދި މުބާރާތުގެ ޤަވާއިދު ލިބެންހުންނާނީ

އިއުލާނާއި އެކު އެޓޭޗް ކުރެވިފައި

އިތުރު މަޢުލޫމާތު:

  3317015

03 ޑިސެންބަރު 2025
ހޯދާ