ދިވެހިރާއްޖެ
ގދ. މަޑަވެލީ މަސްޖިދުލް ބަރަކާތު އަދި މަސްޖިދުއްތަޤްވާ މިސްކިތުގައި ކުރަންހުރި (ތިރީގައިވާ) މަރާމާތުގެ މަސައްކަތްތައް ހިލޭސާބަހަށް (އަމިއްލަ ޚަރަދުގައި) ކޮށްދޭނެ ފަރާތްތަކަށް އެ ފުރުޞަތު 18 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 13:30 އާއި ހަމައަށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.
1- މަސްޖިދުލް ބަރަކާތު
1) މަސްޖިދުލް ބަރަކާތު މިސްކިތުގެ ކާނުގަނޑާއި، ބިތުގައި ޖަހާފައިވާ މުށިތައް ބަދަލުކުރުން
2) މިސްކިތުގެ ފާޚާނާގެ ދޮރުފަތް ބަދަލުކުރުން
3) ވަޅުކައިރީ އަޅާފައިހުރި ތަޅުން ތަޅައި، އަލުން ތަޅުން އަޅައިދިނުން
4) ވަޅު ވަށައިގެން އިސްކުރުބަރިއެއްލުން
2- މަސްޖިދުއްތަޤްވާ
1) އިސްކުރުބަރީގައި ތަޅުން އަޅާފައި ނެތްތަނުގައި ތަޅުން އެޅުން
2) މިސްކިތާއި އިންވެގެން އުތުރުން ރާނާފައިވާބައި ހިޔާކޮށް، މުށިޖަހައިދިނުން
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލްގެ ރައީސް ފިޔާޟް ޙަސަން، މޮބައިލް ނަމްބަރު: 7774952 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
