ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESM&PS/416/2025/101
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 18 ޑިސެންބަރު 2025 13:30
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް، ހިލޭސާބަހަށް ކޮށްދޭނެ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

ގދ. މަޑަވެލީ މަސްޖިދުލް ބަރަކާތު އަދި މަސްޖިދުއްތަޤްވާ މިސްކިތުގައި ކުރަންހުރި (ތިރީގައިވާ) މަރާމާތުގެ މަސައްކަތްތައް ހިލޭސާބަހަށް (އަމިއްލަ ޚަރަދުގައި) ކޮށްދޭނެ ފަރާތްތަކަށް އެ ފުރުޞަތު 18 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 13:30 އާއި ހަމައަށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

 

1- މަސްޖިދުލް ބަރަކާތު

 

    1)            މަސްޖިދުލް ބަރަކާތު މިސްކިތުގެ ކާނުގަނޑާއި، ބިތުގައި ޖަހާފައިވާ މުށިތައް ބަދަލުކުރުން

    2)            މިސްކިތުގެ ފާޚާނާގެ ދޮރުފަތް ބަދަލުކުރުން

    3)            ވަޅުކައިރީ އަޅާފައިހުރި ތަޅުން ތަޅައި، އަލުން ތަޅުން އަޅައިދިނުން

    4)            ވަޅު ވަށައިގެން އިސްކުރުބަރިއެއްލުން

 

2- މަސްޖިދުއްތަޤްވާ

 

    1)            އިސްކުރުބަރީގައި ތަޅުން އަޅާފައި ނެތްތަނުގައި ތަޅުން އެޅުން

    2)            މިސްކިތާއި އިންވެގެން އުތުރުން ރާނާފައިވާބައި ހިޔާކޮށް، މުށިޖަހައިދިނުން

 

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލްގެ ރައީސް ފިޔާޟް ޙަސަން، މޮބައިލް ނަމްބަރު: 7774952 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

01 ޑިސެންބަރު 2025